އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް: ރާއްޖެއާއި ގަތަރުގެ ކުރިމަތިލުން ކާމިޔާބުކަމާއެކު ނިންމާލައިފި

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ރާއްޖެއާއި ގަތަރުގެ ކުރިމަތިލުން ކާމިޔާބުކަމާއެކު ނިންމާލުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ރާއްޖެއާއި ގަތަރުގެ ކުރިމަތިލުން ކާމިޔާބުކަމާއެކު ނިންމާލުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ ބައިނަލްއަގުވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރާއްޖެ އާއި ގަތަރުގެ ހުނަރުވެރި ގޭމަރުންގެ މެދުގައި ރޮކެޓް ލީގުގެ ވަރުގަދަ ވާދަވެރިކަން ދައްކުވައިދިން މި މުބާރާތް ކާމިޔާބު ކުރީ ގަތަރުގެ ޓީމުންނެވެ.

"ރޮކެޓް ލީގުގެ ފޯމެޓްގައި ދެ ގައުމުގެ ގޭމަރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައި. މުޅި އިވެންޓް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލްއިން ލައިވްސްޓްރީމްކޮށް، ރާއްޖެއާއި ގަތަރުގެ ގޭމިން ކޮމިއުނިޓީގެ ތެރޭގައި ހުރި ހުނަރާއި ދައްކުވައިދިން،" އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ މުސްތަގުބަލުގައި ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތްތައް ބޭއްވުމަށް މަގު ފަހިކޮށްދިން މުބާރާތެއް ކަމަށާއި ޑިޖިޓަލް ކުޅިވަރުތަކުގައި ދުނިޔެއާ ކުރިމަތިލާން ރާއްޖެ އޮތީ ތައްޔާރަށްކަން ދައްކުވައިދީފައިވާ ކަމަށެވެ.

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ރާއްޖެއާއި ގަތަރުގެ ކުރިމަތިލުން ކާމިޔާބުކަމާއެކު ނިންމާލުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ރާއްޖެއާއި ގަތަރުގެ ކުރިމަތިލުން ކާމިޔާބުކަމާއެކު ނިންމާލުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ރާއްޖެއާއި ގަތަރުގެ ކުރިމަތިލުން ކާމިޔާބުކަމާއެކު ނިންމާލުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގޭމް ކުޅޭ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ފަހިކޮށްދީ، ރާއްޖެއާއި ގަތަރާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިގެން ދިއުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މުބާރާތަކީ އުރީދޫ ނޭޝަން މޯލްޑިވްސް އިން ބައިނަލްއަގްވާމީ އީސްޕޯޓްސް ދާއިރާއަށް ތައާރަފްކުރި ފުރަތަމަ މުބާރާތެވެ. އަދި މުބާރާތް ކުރިއަށް ގެންދިޔައީ 1،919 ޑޮލަރުގެ އިނާމު ޕޫލަކާއެކު އެވެ.

މި ސަރަހައްދުގެ ގޭމިން ކޮމިއުނިޓީއަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމުގައި އަބަދުވެސް އުރީދޫއިން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އީސްޕޯޓްސް ކޮމިއުނިޓީއާއެކު އުރީދޫ ނޭޝަންއިން މި އަހަރު ވެސް އަދި ގިނަ މުބާރާތްތައް ރޭވިފައިވާކަން އުރީދޫއިން ފާހަގަ ކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox