އިންޑިއާ އާ ދެކޮޅު ވާހަކައިން ރެކިގަތުމުން ފައިސަލް ކޮށްފައި ހުރި ޕޯސްޓުތަކުން ސޯޝަލްމީޑިއާ ފުރާލައިފި

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އޭނާ ވިދާޅުވީ އިންޑިއާ އާ ދެކޮޅު ވިސްނުމަކީ ޔާމީނުގެ ވިސްނުމެއް ކަމަށް -- ފޮޓޯ: އަދަދު

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އޭނާ ވިދާޅުވީ އިންޑިއާ އާ ދެކޮޅު ވިސްނުމަކީ ޔާމީނުގެ ވިސްނުމެއް ކަމަށް -- ފޮޓޯ: އަދަދު

މިހާރު ވެރިކަން ކުރާ ޕީއެންސީގެ އިސްވެރިން އިންޑިއާ އާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތުން ރެކިގަތުމުން ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް އިންޑިއާ އަ ދެކޮޅަށް ކޮށްފައި ހުރި ޕޯސްޓުތަކުން ސޯޝަލްމީޑިއާ ފުރާލައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ މަހުގެ 31 އިން މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ "ވެލްކަމް އިންޑިއާ" ރޯޑްޝޯތައް ނިންމައިލުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އިންޑިއާ އާ ދެކޮޅުވުމަކީ "އެއީ އަޅުގަނޑުމެންގެ ސްޓޭންޑެއް ނޫން،" ކަމަށާއި "އެއީ ކުރިން އަޅުގަނޑުމެން ތެރޭގައި ހުންނެވި ރައީސްއެއްގެ ވިސްނުން،" ކަމަށެވެ.

އަދި، "މިއަދު އަޅުގަނޑުމެން މިތިބީކީއެއް އެގޮތަކަށް ނޫން،" ކަމަށާއި "މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އެކަހެރިވުމެއް ނޫން،" ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ އެ ވާހަކަތަކާ އެކު މިހާރުގެ ވެރިކަން ކުރާ ޕީއެންސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު، ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެވަޑައިގެން ފައިސަލް ކޮށްފައި ހުރި ޕޯސްޓުތައް ސޯޝަލް މީޑިއާއަށް އެކި މީހުން ވަނީ ބަންޑުން ކޮށްލައިފަ އެވެ.

އެގޮތުން 2020 ވަނަ އަހަރުން ފެށިގެން އިންޑިއާ އައުޓް ހޭޝްޓެގު ޖަހައި، ފައިސަލް އެކްސްގައި ޕޯސްޓުކޮށްފައިވާ އެތައް ޕޯސްޓެއް ސޯޝަލްމީޑިއާގައި އަލުން ދައުރު ވާން ވަނީ ފަށައިފަ އެެވެ.

އޭގެތެރެއިން ބައެއް ޕޯސްޓުތައް މިނިސްޓަރު ފައިސަލް މިހާރު ވަނީ ޑިލީޓުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެސް އެންމެ ބޮޑު އެއް ވައުދެއްގެ ގޮތުގައި އޮތީ ރާއްޖޭގައި ތިބި ކަމަށް ބުނި އިންޑިއާ ސިފައިން ބޭލުމެވެ. އިންޑިއާ އާއި ރާއްޖޭގެ އޭރުގެ ސަރުކާރާ ދެމެދު ސިއްރު އެތައް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ހުރި ވާހަކަތައް ފަދަ އެތައް ވާހަކައެއް އޭރު އެ ބޭފުޅުން ދެއްކެވި އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވީ ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރުމުން ހިލުނު މައްސަލަގަނޑުގަ އެވެ.

އެކަމާ ގުޅިގެން އިންޑިއާގެ މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ބޮލީވުޑު ފަންނާނުން އިސްނަގައިގެން ރާއްޖެއާ ދެކޮޅަށް ކެމްޕޭނެއް ވެސް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާ ޓްރެވެލް އޭޖެންސީތަކުން ރާއްޖެ ބޮއިކޮޓު ވެސް ކުރި އެވެ.

އެ މައްސަލަގަނޑުގެ ތެރެއިން ދެ ގައުމުގެ ޒަމާންވީ ގުޅުމުގައި ލީ ރެނދު ބެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ދަނީ ރާއްޖޭގެ އިގުތިސާދު ހީނަރުވެ، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވުމުންނެވެ.

އިންޑިއާ އަކީ މިދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. ނަމަވެސް މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، އިންޑިއާ އޮތީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox