އިންގްލެންޑްގެ ކޯޗުކަން ވަގުތީގޮތުން ކާސްލީ އަށް

Aug 8, 2024, 3:24 AM
އިންގްލެންޑްގެ ކޯޗުކަން ވަގުތީގޮތުން ކާސްލީ އަށް

ލަންޑަން (އޮގަސްޓް 8) - ހުސްވެފައިވާ އިންގްލެންޑްގެ ކޯޗުގެ މަގާމުގެ ޒިންމާ ވަގުތީގޮތުން، އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެހުރި ލީ ކާސްލީއާ ހަވާލުކޮށްފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން ސްޕެއިން އަތުން އިންގްލެންޑް ބަލިވިއިރު، އިންގްލެންޑް މި ވަނީ ޖެހިޖެހިގެން ދެ ޔޫރޯގެ ފައިނަލުން ބަލިވެފަ އެވެ. މިއާ އެކު، އަށް އަހަރު އިންގްލެންޑް ކޯޗަށް ހުރި ގަރެތު ސައުތުގޭޓް ވަނީ އަމިއްލަ އަށް އިސްތިއުފާދީފަ އެވެ. އަށް އަހަރަށް ފަހު، ސައުތުގޭޓް، އަމިއްލަ އަށް ޓީމުގެ ކޯޗުކަން ދޫކޮށްލިއިރު، ކޮންޓްރެކްޓް އޮތީ މި އަހަރުގެ ނިޔަލަށެވެ.

އިނގިރޭސި އެފްއޭ އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެކަމަށް އަދި އެކަށީގެންވާ ކުރިއެރުމެއް ނުލިބި، އިންގްލެންޑް ދެން ކުޅެން ޖެހޭ މެޗުތައް މި ވަނީ ބޯމަތިވެފަ އެވެ. އެހެންވެ، އިނގިރޭސި އެފްއޭ އިން ވަނީ ވަގުތީ ގޮތުން ހެޑް ކޯޗުގެ ޒިންމާ ކާސްލީއާ ހަވާލުކޮށްފަ އެވެ.

ޕްރޮފެޝަނަލް ލެވަލްގައި 17 އަހަރު ފުޓްބޯޅަ ކުޅެފައިވާ ކާސްލީގެ 12 އަހަރުވީ ކޯޗިން ކެރިއަރުގައި އޭނާ ފުލްޓައިމް ހެޑް ކޯޗަކަށް މަސައްކަތްކުރި ހަމައެކަނި ކްލަބަކީ ބްރެންޓްފޯޑް އެވެ. ކަވެންޓްރީ ސިޓީ އާއި ބާމިންހަމް ސިޓީގެ ކެއާޓޭކާ ކޯޗަކަށް މަސައްކަތްކުރި ކާސްލީ ބްރެންޓްފޯޑަށް ކޯޗުކޮށްދިނީ 2015-2017 އަށެވެ.

ކާސްލީ، އިނގިރޭސި އެފްއޭގެ ކޯޗިން ޕޫލާ ގުޅުނީ ވެސް ކްލަބް ކޯޗިންގައި އުޅެމުންނެވެ. އެއީ، 2015 ވަނަ އަހަރުން ފެށިގެންނެވެ. އެ ގޮތުން، އިންގްލެންޑްގެ 18، 19، 20 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު މަސައްކަތްކޮށްފައިވެ އެވެ.

އިންގްލެންޑް ސީނިއާ ޓީމުތަކުގެ ވަގުތީ ކޯޗަކަށް މީގެ ކުރިން ހަވާލުވި ބައެއް ކޯޗުން ވަނީ ފުލްޓައިމްކޮށް ސީނިއާ ޓީމާ ގުޅިފަ އެވެ. އެ ގޮތުން، ކޯޗުން ކަމަށްވާ ހޮވާޑް ވިލްކިންސަން އާއި ސްޓުއާޓް ޕިއަސް އަދި ސައުތުގޭޓަކީ ވެސް، 21 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކޮށްފައި ސީނިއާ ޓީމަށް ދިޔަ ކޯޗުންނެވެ.

ކާސްލީއާ އިންގްލެންޑް ސީނިއާ ޓީމު ހަވާލުކުރި އެންމެ ބޮޑު ސަބަބަކީ އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑުން މިދިޔަ އަހަރު 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފައިވުމުންނެވެ. މިއީ، 39 އަހަރުތެރޭ ލިބުނު ފުރަތަމަ ކާމިޔާބީ އެވެ.

އިންގްލެންޑުން ކާސްލީގެ ކޯޗުކަމުގައި ކުޅޭނެ މެޗުތަކަކީ، އަންނަ މަހު ނޭޝަންސް ލީގުގައި އަޔަލެންޑާއި ފިންލެންޑާ ބައްދަލުކުރާ މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox