ފިރިހެނުންގެ ހައްގު ގެއްލުނަސް މަޖިލީހަށް އަންހެން މެންބަރުން އިތުރުވާނެ ގޮތެއް ހަދަން ޖެހޭ: ފާރިސް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫނު. މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން އޭނާ ކުރިން ކުރެއްވި. ފޮޓޯ:މިރާން ނާޝިމް/އަދަދު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫނު. މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން އޭނާ ކުރިން ކުރެއްވި. ފޮޓޯ:މިރާން ނާޝިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ފިރިހެނުންގެ ހައްގު ގެއްލޭ ގޮތަށް ނަަމަވެސް، މަޖިލީހަށް އަންހެން މެންބަރުން އިތުރުވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު އަހުމަދު ފާރިސް މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މަޖިލީހުގައި އަންހެން މެންބަރުން އިތުރުވެއްޖެއްޔާ މާ ރަނގަޅަށް ކަންތައްތައް ނިންމޭނެ ކަމަށެވެ. ސިޔާސީ ގޮތުން އެދެވޭ ހިސާބަކަށް ދިޔު މުގައި އަންހެނުންނަށް ހުރަސްތަކެއް ހުރިކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބެރިއާތަކަކީ އަޅުގަނޑުމެންގެ ތާރީހާ އަޅުގަނޑުމެންގެ ސަގާފަތާ އެހެނިހެން ކަންކަމާ ގުޅިފައި ހުރި ކަންތައްތައް. މިކަންކަން ނައްތައިލުމަކީ އިތުރު އަމަލީ މަސައްކަތުން ކުރެވޭނެ ކަމެއް. އެހެންވީމާ އޭގެ މާނައަކީ އަޅުގަނޑުމެން އެބަ، އެހެން ގޮތަކުން ނަމަވެސް އެކަންތައްތައް ކުރިއަރުވަން މަސައްކަތްކުރަން ޖެހޭ. ހަގީގަތުގައި ކުރިމަތިލާ ފިރިހެން ބޭފުޅެއްގެ ހައްގު ގެއްލުނު ނަމަވެސް މުޅި ދައުލަތުގެ ހައްގުގައި އަދި އަންހެނުންގެ ރެޕްރެޒެންޓޭޝަން ކަށަވަރުކުރުމަށް ޓަކައި އެއް ހައްގެއް އުނިވީ ކަމަށް ވިޔަސް މިކަން ކުރަން ޖެހޭ،" ފާރިސް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވި ގޮތުގައި އެއީ އެހެން ގައުމުތަކުގެ ތާރީހުން ވެސް ފެންނަން އޮތް ކަމެއް ކަމަށާއި ރާއްޖޭގައި ވެސް ކޮށްފައިވާ ކަމެއް ކަމެކެވެ.

މަޖިލީހުން އަންހެނުން ފެންނަން ފެށުމުން މީހުންނަށް އެކަން ރަނގަޅުވާން ފަށާނެ ކަމަަށާއި އޭރުން އަންހެން މެންބަރުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންހެން މެންބަރުން އިތުރުކުރުމަށް ޓަކައި ވަގުތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކޯޓާއެއް ކަނޑައަޅަން އޭނާ ތަމްސީލުކުރައްވާ އެމްއާރްއެމް އިން ތާއީދުކުރައްވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox