ތުހުމަތުތައް ދޮގުކޮށް، އެސްއޯއީ ކޮމިޓީއަށް ޖަވާބުދާރީވާން އާރްޑީސީގެ ކުރީގެ އެމްޑީ އެދިއްޖެ

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު، އެ ކޯޕަރޭޝަނުގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ. އެ މަގާމުގައި ހުންނެވި އިރު އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރިމަތިވި. ފޮޓޯ: އާރްޑީސީ

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު، އެ ކޯޕަރޭޝަނުގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ. އެ މަގާމުގައި ހުންނެވި އިރު އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރިމަތިވި. ފޮޓޯ: އާރްޑީސީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖްމަންޓަށް، މިހާރުގެ މެނޭޖްމަންޓުން ކުރި ބޮޑެތި ތުހުމަތުތައް ދޮގުކުރައްވައި، އެ ތުހުމަތުތަކަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީގައި ޖަވާބުދާރީ ވެވަޑައިގަންނަވަން އެ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެދިވަޑައިގެންފި އެވެ.

އާރްޑީސީގެ މިހާރުގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ ބައްދަލުވުމެއްގައި މިދިޔަ ހޯމަ ދުވަހު ކުރި އެއް ތުހުމަތަކީ އާރްޑީސީގެ ކުރީގެ މެނޭޖްމަންޓުން، ލިޔެކިޔުން ނެތި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ކުރި ތުހުމަތެވެ.

އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަސްބާހު އަލީ ނަސީރު، އެ ބައްދަލުވުމުގައި ވިދާޅުވީ 2022 ވަނަ އަހަރު ޓްރާންސްފާކުރި 66 މިލިޔަން ރުފިޔާ އާއި މިދިޔަ އަހަރު ޓްރާންސްފާ ކުރި 95 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 161 މިލިޔަން ރުފިޔާ، ލިޔެކިއުން ނެތި، އާރްޑީސީން ޓްރާންސްފާކޮށްފައިވާ ކަަމަށެވެ.

އެ ކޯޕަރޭޝަނުގެ ދަރަނި 800 މިލިޔަނަށް ވުރެ ބޮޑުވެފައިވާ ކަމަށް ވެސް އާރްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ކޮމިޓީ ބައްދަލުވުމުގައި ތުހުމަތު ކުރި އެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވައި، ކުރީގެ އެމްޑީ މޫކޭ އެސްއޯއީ ކޮމިޓީއަަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ވާހަކަތަކަކީ އެކަށީގެންވާ ވަރަށް ކަންތައްތައް ނުބަލައި ދެއްކި ވާހަކަތަކެއް ކަމަށެވެ. އާރްޑީސީގެ ދަރަންޏާ ބެހޭ ގޮތުން މިހާރުގެ މެނޭޖްމަންޓުން ދެއްކި ވާހަކަތަކަކީ އޮޑިޓްކުރުމަކާ ނުލައި ދެއްކި ވާހަކަ ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމާ އެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހިންގަން އޭރު އިސްކޮށް ތިބި ބައެއްގެ ހައިސިއްޔަތުން ކޮމިޓީއަށް ހާޒިރުވެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާ ކޮމިޓީން ކުރާ ކޮންމެ ސުވާލަކަށްމެ، އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް، ތެދުބަހުން ޖަވާބުދީ، އެކަންކަމުގެ ރަނގަޅު މައުލޫމާތާއި ކަން ހިނގާފައިވާ ގޮތް ކޮމިޓީއަށް ކިޔައިދިނުމަށް އަޅުގަނޑުމެން ބޭނުންވާތީ އެފަދަ ފުރުސަތެއް ވީ އެންމެ އަވަހަަކަށް ހަމަޖައްސަވައިދެއްވުން އެދި ދެންނެވިން،" އެސްއޯއީ ކޮމިޓީގެ މުގައްރިރަށް އެޑްރެސްކޮށް، މޫކޭ ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

ތުހުމަތުތައް ކުރި ބައްދަލުވުމަކީ ލައިވްކޮށް ދުރަށް ދެއްކި ބައްދަލުވުމަކަށް ވާތީ، ޖަވާބުދާރީވާ ބައްދަލުވުން ވެސް އެގޮތަށް ކުރިއަށް ގެންދަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox