ކިއުބާގެ ރެސްލަރު ލޮޕޭޒަށް ޖެހިޖެހިގެން އޮލިމްޕިކްސްގެ ފަސް ވަނަ ރަން މެޑަލް: މިއީ ރެކޯޑެއް

Aug 7, 2024, 4:24 AM
ކިއުބާގެ ރެސްލަރު ލޮޕޭޒަށް ޖެހިޖެހިގެން އޮލިމްޕިކްސްގެ ފަސް ވަނަ ރަން މެޑަލް: މިއީ ރެކޯޑެއް

ޕެރިސް (އޮގަސްޓް 7) - ކިއުބާގެ ރެސްލަރު މިޖާއިން ލޮޕޭޒް، އޮޮލިމްޕިކްސްގެ ރެސްލިން އިވެންޓްގެ 130 ކިިލޯ ގްރީކޯ-ރޯމަން ކެޓަގަރީން ޖެހިޖެހިގެން ފަސް ވަަނަ ފަހަރަށް ރަން މެޑަލް ހޯދައި ރެކޯޑެއް ގާއިމްކޮށްފި އެވެ.

ކުރިއަށް އޮތް ދެ ހަފްތާ ތެރޭ، އުމުރުން 42 އަހަރު ފުރޭ ލޮޕޭޒް ރެކޯޑް ހެދީ ފައިނަލުގައި ޗިލީގެ ޔަސްމާނީ އަކޯސްޓާ ބަލިކުރުމަށް ފަހު އެވެ.

ލޮޕޭޒް ވަނީ، އެންމެ ފަހުން، ބޭއްވި ޓޯކިޔޯ 2020 (ކޮވިޑް-19އާ ހެދި 2021ގައި ބާއްވަން ޖެހުނު) އޮލިމްޕިކްސް އަށް ފަހު، ރިޓަޔާ ވެސް ކޮށްފަ އެވެ. އެކަމަކު، އަމިއްލަ ޓާގެޓްތަކެއް ހުރުމުން އެނބުރި ރިންގަށް އައީ އެވެ.

އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގެ ކާމިޔާބީ އަށް ފަހު، ޖެހިޖެހިގެން އެއް އިވެންޓަކުން، ރަން މެޑަލް ހޯދުމުގެ ރެކޯޑް ހަތަރު ފަހަރު ހޯދައިގެން، ލޮޕޭޒް ވަނީ އެހެން އެތުލީޓުންތަކަކާ އެއްވަރުކޮށްފަ އެވެ. އެއީ، ހަތަރު ފަހަރު ލޯންގް ޖަމްޕުން ރަން މެޑަލް ހޯދި ކާލް ލެއުވިސް، ފެތުމުގެ 200 މީޓަރު މެޑްލީން ރަން މެޑަލް ހޯދި މައިކަލް ފެލްޕްސް، ފެތުމުގެ 800 މީޓަރު ފްރީސްޓައިލުން ހަތަރު ފަހަރު މެޑަލް ހޯދި ކޭޓީ ލެޑެކީ، ޑިސްކަސް އުކުމުން ހަތަރު ފަހަރު ރަން މެޑަލް ހޯދި އަލް އޮއާޓާ، ސެއިލިން އިން ހަތަރު ފަހަރު ރަން މެޑަލް ހޯދި ޕޯލް އެލްވްސްޓްރޯމް އަދި ރެސްލިން އިން ހަަތަރު ފަހަރު ރަން މެޑަލް ހޯދި ކައޯރީ އީޗޯ އެވެ.

ރިޓަޔާމަންޓް އުވާލުމަށް ފަހު، ލޮޕޭޒް އެނބުރި އައީ މި ފަަހަރުގެ އޮލިމްޕިކްސް އަށް ޕްލޭންތަކެއް ވެސް ހަދައިގެންނެވެ. މި ފަހަރުގެ އޮލިމްޕިކްސްގެ ކުއާޓާ ފައިނަލުގައި، ލޮޕޭޒް ވަނީ ދުނިޔޭގެ ޗެމްޕިއަން، އާމިން މިރްޒަޒާދޭ އަތުން މޮޅުވެފަ އެވެ. ފައިނަލުގައި، ލޮޕޭޒް އަތުން ބަލިވި އަކޯސްޓާ އަކީ ވެސް ކިއުބާ ދަރިކޮޅަށް ނިސްބަތްވާ ރެސްލަރެކެވެ.

މިހާތަނަށް އޮލިމްޕިކްސްގައި ލޮޕޭޒް ނުކުތް 23 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ، 2004 ވަނަ އަހަރު ގްރީސްގެ އެތަންސްގައި ބޭއްވި އޮލިމްޕިކްސްގެ ކުއާޓާ ފައިނަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox