އޮލިމްޕިކްސް ފުޓްބޯޅަ ފައިނަލުގައި ފްރާންސާއި ސްޕެއިންގެ ކުރިމަތިލުމެއް

Aug 6, 2024, 3:11 AM
ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮލީސޭ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮލީސޭ އުފާފާޅުކުރަނީ.

ޕެރިސް (އޮގަސްޓް 6) - މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް އޮލިމްޕިކްސްގެ ފުޓްބޯޅަ ފައިނަލުގައި، ސްޕެއިނާއި ފްރާންސް ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ފައިނަލާ ހަމައަށް ކުރި ދަތުރުގައި، ފްރާންސް މެޗަކުން ބަލިނުވެ، ފައިނަލަށް ދަތުރުކުރިއިރު، ސްޕެއިން ވަނީ އެއް މެޗުން ބަލިވެފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅުނުއިރު، ފުރަތަމަ ސެމީ ގައި ސްޕެއިން ވަނީ ފަހަތުން އަރައި 2-1 އިން މޮރޮކޯ ބަލިކޮށްފަ އެވެ. ދެ ވަނަ ސެމީގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ފްރާންސް އިން ވަނީ 3-1 އިން މިސްރު ބަލިކޮށްފަ އެވެ.

މޮރޮކޯ އިން ރޭ ސްޕެއިން ކައިރިން ލީޑުނެގީ، ފުރަތަމަ ހާފުގައި ސޯފިއަން ރަހީމީ ޖެހި ޕެނަލްޓީންނެވެ. އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގައި މި ފަހަރު އެންމެ ގިނަ ގޯލު ޖެހީ ރަހީމީ ސްޕެއިން ކޮޅަށް ޖެހީ މުބާރާތުގައި އޭނާގެ ހަ ވަނަ ގޯލެވެ.

ސްޕެއިން މޮޅުވީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސްޕެއިނަށް އެއްވަރުކޮށްދިނީ ފާމިން ލޮޕޭޒް އެވެ. މިއީ އޭރިއާތެެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން ލޮޕޭޒް ޖެހި ލަނޑެކެވެ. ސްޕެއިން މޮޅުކޮށްދިން ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖުއާންލޫ ސަންޗޭޒް އެވެ.

ތިއަރީ އޮންރީގެ ކޯޗުކަމުގައި ކުޅޭ ފްރާންސްގެ އޮލިމްޕިކް ޓީމުން މިސްރު ބަލިކުރީ ވެސް ފަހަތުން އަރަ އެވެ. އެ ގޮތުން މިސްރުގެ މަހުމޫދު ސަބާ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ޖިއާން ފިލީޕް މަޓޭޓާ ވަނީ ގޯލެއް ޖަހައި، ފްރާންސަށް އެއްވަރުކޮށްދީ މެޗު އިތުރު ވަގުތުގެ ދެ ހާފަށް ގެންގޮސްފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށުނުތަނާ މިސްރުގެ އުމަރު ފަޔީދު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. މިސްރުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، އިތުރު ވަގުތުގެ ކޮންމެ ހާފެއްގައި ގޯލެއް ޖަހައި، ފްރާންސް އިން 40 އަހަރަށް ފަހު އޮލިމްޕިކްސްގެ ފުޓްބޯޅަ އިން މެޑަލެއް ޔަގީންކުރީ އެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ފްރާންސަށް ލީޑު ހޯދައިދިން ލަނޑު ޖެހީ ވެސް މަޓޭޓާ އެވެ. ފްރާންސަށް މޮޅެއް ކަށަވަރުކޮށްދިން ލަނޑު ޖެހީ މައިކަލް އޮލީސޭ އެވެ.

ލޯ މެޑަލް ހޯދާ ޓީމެއް ކަނޑައަޅަން ކުޅޭ މެޗުގައި، މިސްރާއި މޮރޮކޯ ކުޅޭނީ ބުރާސްފަތި ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހު އެވެ. ސްޕެއިން ވަނީ އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox