ހުލާސާކޮށް އިއްޔެ: ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވިދާނެ ކަމަށް ގަބޫލު ކުރުން!

ހުލާސާކޮށް އިއްޔެ: ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވިދާނެ ކަމަށް ގަބޫލު ކުރުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ހައްދަވާލެއް މާ ގިނަ ކަމަށާއި، ވެރިކަމުގެ ފަސް އަހަރުގެ ދައުރު ވެސް ފުރިހަމަ ކުރެއްވިދާނެކަމާމެދު މިހާރު ޝައްކު ކަމަށް، ކުރީގެ ހޯމް މިނިސްޓަރު، އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި އުމަރު ނަސީރު އިއްޔެ ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތަޖުރިބާއަށް ބަލައި، ރައީސް މުއިއްޒަށް އޭނާ ދެއްވާނީ 40 މާކްސް ކަމަށާއި 60 މާކްސް ކަނޑައިލީ ހަދާ ދޮގަށް ކަމަށެވެ.

"މާގިނައިން ދޮގު ހަދަނީ، މާގިނައިން،" އޭނާ ވިދާޅުވި އެވެ.

ހެއްދެވި އެންމެ ބޮޑު ދޮގަކީ އިޒްރޭލް ޕާސްޕޯޓު މަނާކުރާނެ ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމާއި، އިންޑިއާ އަސްކަރިއްޔާ ބޭރުކުރާނަމޭ ވިދާޅުވެ އެކަން ނުކުރެއްވުން ކަމަށެވެ. އިތުރު ދޮގުތައް ވެސް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ކަންކަން ހުރުމުން ވެރިކަމުގެ ދައުރު ރައީސް މުއިއްޒަށް ފުރިހަމަ ކުރެވިދާނެ ކަމާމެދު ޝައްކުކުރާ މީހުން ގިނަ ކަމަށާއި އެގޮތަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. މިދައުރު ފުރިހަަމަ ކުރިޔަސް، އިތުރު ދައުރެއް ރައީސް މުއިއްޒަށް ލިބިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނަނީ އަޅުގަނޑުމެންގެ ގައުމު ޑިފޯލްޓަކަށް ދާ މަންޒަރު. އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ،" އުމަރު ވިދާޅުވި އެވެ.

ދީނާއި ގައުމިއްޔަތާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދައްކަވާ ވާހަކަތައް ހިތުގައި ބިންވަޅު ނަގާފައި ނެތް ކަމަށާއި، ގައުމިއްޔަތުގެ ވާހަކަ ވެސް، މިނިވަން ކަމުގެ ވާހަކަ ވެސް އިންޑިއާ ސިފައިންގެ ވާހަކަ ވެސް ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ވެސް، ދެއްކީ ބާރު ހޯއްދެމަށްޓަކައި ކަމަށް އުމަރު ގަބޫލު ކުރައްވަ އެވެ.

"އެއީ ވަރަށް ޗީޕް ޕޮލިޓީޝަނުން ދެއްތޯ،" އޭނާ ވިދާޅުވި އެވެ. "ފަސް އަހަރު ލިބޭނީ. އެ ނިމުނީ. ޑަސްބިނަށް ދެން ދާން ޖެހޭނީ."

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox