އޮލިމްޕިކްސް ރަން މެޑަަލަކަށް ހޮންގް ކޮންގުން ދެނީ 768،000 ޑޮލަރު

Aug 5, 2024, 7:18 AM
ހޮންގް ކޮންގްގެ ފެތުންތެރިޔާ ސިއޮބާން: މި ފަހަރުގެ އޮލިމްޕިކްސްގެ 200 މީޓަރު ފްރީ ސްޓައިލުން ލޯ މެޑަލް ހާސިލްކުރުމަށް ފަހު.

ހޮންގް ކޮންގްގެ ފެތުންތެރިޔާ ސިއޮބާން: މި ފަހަރުގެ އޮލިމްޕިކްސްގެ 200 މީޓަރު ފްރީ ސްޓައިލުން ލޯ މެޑަލް ހާސިލްކުރުމަށް ފަހު.

ޕެރިސް (އޮގަސްޓް 5) - އޮލިމްޕިކްސް އިން ރަން މެޑަލެއް ހޯދައިފިނަމަ، އެކި ގައުމުތަކުން އެކި މިންވަރަށް ފައިސާގެ އިނާމު ދޭއިރު، އެންމެ ބޮޑު ފައިސާގެ އިނާމެއް ދެނީ، ހޮންގް ކޮންގުންނެވެ. އެ ގޮތުން، ހޮންގް ކޮންގްގެ އެތުލީޓަކު، އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައިފިނަަމަ، 768،000 ޑޮލަރު ލިބެ އެވެ.

ރަން މެޑަލަކަށް ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ދެނީ ސިންގަޕޫރުންނެވެ. އެ ގޮތުން، ސިންގަޕޫރުގެ އެތުލީޓަކު، އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައިފިނަަމަ، ފައިސާގެ އިނާމުގެ ގޮތުގައި، 737،000 ޑޮލަރު ދެ އެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓުން ރަން މެޑަލް ހޯދި ސިންގަޕޫރުގެ ފެތުންތެރިޔާ، ޖޯސެފް ސްކޫލިން އަށް ވަނީ، 737،000 ޑޮލަރު (އެއް މިލިއަން ސިންގަޕޫރު ޑޮލަރު) ދީފަ އެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ފައިސާގެ އިނާމެއް، އޮލިމްޕިކްސްގެ ރަން މެޑަލަކަށް ދެނީ ޓައިވާނުންނެވެ. އެ ގޮތުން، ޓައިވާނުން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދާ އެތުލީޓަކަށް، 720،000 ޑޮލަރު ދެ އެވެ.

ހޮންގް ކޮންްގް އިން ރިހި މެޑަލް އަކަށް ދެނީ، 384،000 ޑޮލަރެވެ. އަދި ލޯ މެޑަލަކަށް ހޮންގް ކޮންގުން 192،000 ޑޮލަރު ދެ އެވެ. އޭގެ އިތުރުން، ޓީމު ކުޅިވަރަކުން ރަން މެޑަލް ހޯދައިފިނަަމަ ހޮންގް ކޮންގްގައި 1.5 މިލިއަން ޑޮލަރު ދެ އެވެ.

ސިންގަޕޫރަށް ބަލާއިރު، ރިހި މެޑަލަކަށް ދެނީ، 373،000 ޑޮލަރެެވެ. އަދި ލޯ މެޑަލަކަށް، 186،000 ޑޮލަރެވެ. ހޮންގް ކޮންގް އެކޭ އެއް ގޮތަށް ޓީމު ސްޕޯޓްސް ރަން މެޑަލަށް ސިންގަޕޫރުން 1.5 މިލިއަން ޑޮލަރު ދެ އެވެ. ޗައިނީސް ޓައިޕޭގެ ނަމުގައި ވާދަކުރާ ޓައިވާނުން، ރިހި މެޑަލް އަކަށް 252،000 ޑޮލަރު އަދި ލޯ މެޑަލަކަށް 180،000 ޑޮލަރު ދެ އެވެ.

ނިސްބަތުން ބަލާއިރު، އެންމެ ފަހުން އޮލިމްޕިކްސް އަށް ވުރެ މި ފަހަރުގެ އޮލިމްޕިކްސްގައި ގިނަ ގައުމުތަކުން ވަނީ ފައިސާގެ އިނާމު ބޮޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox