އޮލިމްޕިކްސް: 0.005 ސިކުންތުގެ ފަރަގަކުން 100 މީޓަރުގެ ރަން މެޑަލް ލައިލްސް އަށް

Aug 5, 2024, 5:16 AM
ރޭސް ނިންމާލުމަށް ފަހު ލައިލްސް އެމެރިކާ ދިދަ ހިފައިގެން.

ރޭސް ނިންމާލުމަށް ފަހު ލައިލްސް އެމެރިކާ ދިދަ ހިފައިގެން.

ޕެރިސް (އޮގަސްޓް 5) - ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އެންމެ ފޯރިގަދަ އެއް އިވެންޓް ކަމަށްވާ ފިރިހެނުންގެ 100 މީޓަރު ރޭހުން، އެމެެރިކާގެ ނޯއާ ލައިލްސް ރަން މެޑަލް ހޯދައިފި އެވެ.

ލައިލްސް އާއި ދެ ވަނަ އަށް ނިންމި ޖެމެއިކާގެ ކިޝާނޭ ތޮމްޕްސަންގެ ޓައިމިން އަކީ، 9.79 ސިކުންތެވެ. އެކަމަކު، ފޮޓޯ ފިނިޝް އިން އެއް ވަނަ ކަށަވަރުކުރަން ބެލިއިރު، ލައިލްސް ވަނީ 0.005 ސިކުންތުގެ ފަރަގަކުން ކުރިހޯދައިފަ އެވެ.

ލައިލްސް، 27، ރޭހުގެ މެދަކާ ހަމައަށް އައިއިރު، ހަތް ވަނައިގައި ވެސް އޮތެވެ. އެކަމަކު، ފަހު ވަގުތު ދުވެލި ބާރުކޮށް އެއް ވަނަ ހޯދީ އެވެ.

"މިއީ އެންމެ އާދަޔާހިލާފު ރޭސް، މިއީ މި މެޑަލް ހޯދަން އެންމެ ފުރިހަމަ ރޭސް،" ލައިލްސް ބުންޏެވެ.

އޮލިމްޕިކްސްގެ 100 މީޓަރު ރޭހުގެ ތެރެއިން.-- ފޮޓޯ: ގެޓީއިމޭޖަސް

ތިން ވަނަ ހޯދި، އެމެރިކާގެ ފްރެޑް ކާލީގެ ޓައިމިން އަކީ، 9.81 ސިކުންތެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ރޭހަށް ބަލާއިރު، އަށް އެތުލީޓުންގެ ވެސް ޓައިިމިން އުޅެނީ 10 ސިކުންތަށް ވުރެ އަވަހަށެވެ. އެހެންވެ، ގިނަ ބަޔަކު ފާހަގަކުރާގޮތުގައި، މިއީ އޮލިމްޕިކްސްގެ ތާރީހުގައި ވެސް ފެނިގެންދިޔަ، 100 މީޓަރުގެ އެންމެ ފޯރިގަދަ ރޭހެވެ.

ސަތޭކަ މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑާއި އޮލިމްޕިކް ރެކޯޑް ވެސް އޮތީ ޖެމެއިކާގެ ލެޖެންޑް، އުސައިން ބޯލްޓް އަތުގަ އެވެ. އެ ގޮތުން، ބޯލްޓް، 2009 ވަނަ އަހަރު، ބާލިންގައި، 9.58 ސިކުންތުން ދުވެގެން ވޯލްޑް ރެކޯޑް ހެދިއިރު، އޮލިމްޕިކްސް ރެކޯޑް ހެދީ، 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގަ އެވެ. އެ ފަހަރު އޭނާގެ ޓައިމިން އަކީ، 9.63 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox