މާނަގަލާގެ މަސައްކަތް ލަސްވެ، އެން ލިބޭ ތާރީހު އަހަރުގެ ފަހުކޮޅަށް ފަސްވެއްޖެ

ފިޝަރީޒް މިނިސްޓްރީ އެކުއާ ބްރިޖުގެ އޮފިޝަލުން މާނަގަލާ ހެޗަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި: މާނަގަލާ ހެޗަރީގެ ބިންގާ އެޅީ ޑިސެމްބަރު 12، 2023 ގައި --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓްރީ އެކުއާ ބްރިޖުގެ އޮފިޝަލުން މާނަގަލާ ހެޗަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި: މާނަގަލާ ހެޗަރީގެ ބިންގާ އެޅީ ޑިސެމްބަރު 12، 2023 ގައި --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ގއ. މާނަގަލާގައި ގާއިމުކުރާ ހެޗަރީއަށް ސާމާނު ހޯދުމުގައި ލަސްތަކެއް ދިމާވެ، އެތަނުން އެން ވިއްކަން ފެށޭނެ ކަމަށް ލަފާކުރާ ތާރީހު އަހަރުގެ ފަހުކޮޅަށް ފަސްވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މާނަގަލާގައި ތަރައްގީކުރާ މަލްޓި-ސްޕީޝީސް ހެޗަރީއަކީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްގީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައި ވާލްޑް ބޭންކުގެ އެހީތެރިކަމާ އެކު 2017 ގައި ފެށި "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު" ގެ ބައެކެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެކޮމޮޑޭޝަނާއި އިންޖީނުގެ ފަދަ ސަޕޯޓް ސްޓްރަކްޗާތައް މާނަގަލާގައި ގާއިމުކޮށް ނިމިއްޖެ އެވެ. ދެން އޮތީ ހެޗަރީއަށް ބޭނުންވާ ނާސަރީތަކާއި ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި ލެބޯޓަރީތަކުގެ އިތުރުން ފަޅުތެރޭގައި ފާނަ އާލާކުރަން މޫދު ކޮށިތައް ގާއިމުކުރުމެވެ.

މާނަގަލާ ހެޗެރީގެ ދެވަނަ ފިޔަވަހީގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު، 12 ގަ އެވެ. އޭރު ފިޝަރީޒް މިނިސްޓްރީން ބުނީ ހެޗަރީ ގާއިމުކުރުމުގެ މަސައްކަތް ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޖުލައިއަށް ނިމި، އެން ވިއްކަން ފެށޭނެ ކަމަށެވެ.

ނަމަވެސް ހެޗަރީއަށް ބޭނުންވާ ބައެއް ޓެކްނިކަލް ސާމާނު ހޯދުމަށާއި އެ ތަކެތި ރާއްޖެ ގެންނަން ދަތިވެ، ކުރިން ބުނި ތާރީހަށް އެ މަސައްކަތް ނުނިމުނީ ކަމަށް "އަދަދު" އަށް މައުލޫމާތު ދިން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ.

"[އެކުއާ ބްރިޖު] ކުންފުންޏަށް ބައެއް ސާމާނު ގެނައުމުގައި ލޮޖިސްޓިކްސް މައްސަލަތެއް ދިމާވެގެން މަސައްކަތް ލަސްވީ" އޮފިޝަލް ބުންޏެވެ.

ފިޝަރީޒް މިިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން އެތަން ހުޅުވުމަށެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު، 10 އެވެ.

މާނަގަލާ ހެޗަރީ މަސައްކަތް ހަވާލުކޮށްފައިވާނީ ދުބާއީގެ އެކުއާ ބްރިޖު ކުންފުންޏާ އެވެ. އެކުއާ ބްރިޖަކީ ހެޗަރީ ގާއިމުކުރުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ، މި ދާއިރާއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ.

އެކުއާ ބްރިޖަށް މާނަގަލާ ދިނީ 21 އަހަރުގެ މުއްދަތަށް، ފުރަތަމަ ފަސް އަހަރު އެއްވެސް ކުއްޔެއް ނުނަގާ ގޮތަށެވެ. އެއަށް ފަހު އޮންނަ މުއްދަތުގައި އަކަފޫޓަކަށް 20 ލާރި މަގުން ކުލި ހިނގާނެ އެވެ. މިއީ 16 މިލިއަން ޑޮލަރު (246.8 މިލިއަން ރުފިޔާ) ގެ އަގުހުރި މަޝްރޫއެކެވެ.

މިއީ މަލްޓި-ސްޕީޝީސް ހެޗަރީއެއް ރާއްޖޭގައި ގާއިމުކުރެވޭ ފުރަތަމަ ފަހަރެވެ. މި ހެޗަރީގެ މަސައްކަތް ނިމުމުން އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، އެއް މިލިއަން ކުދި ކަސްފާނަ އަދި ހަ ލައްކަ ހުއިފިލަނޑާ އާލާކުރެވޭނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މެރިކަލްޗާގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީ އާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިގުތިސޯދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.

ހަމައެހެންމެ، މިއީ މަސްވެރިންނަށް އެން ހޯދުމުގައި ދިމާވެފައިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމެއް ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox