ދިރާގުން މޯލްޑިވްސް އެކައުންޓެންޓް ފޯރަމް (އެމްއޭއެފް) އަށް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާއެކު ޕާޓްނާޝިޕެއް ހަދައިފި އެވެ.
ދިރާގުން ބުނި ގޮތުގައި އެމްއޭއެފްއަކީ ރާއްޖޭގައި އެކައުންޓިން ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު އެކައުންޓެންޓުން އެއްތަނަކަށް ޖަމާވެ، ތަޖުރިބާތައް ހިއްސާކޮށް، އެކަކު އަނެކަކާ ބައްދަލުވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އެމްއޭއެފްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އަހަރުގެ ތީމް ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ގެ އިނޮވޭޓިވް ކަމަށް އަމާޒުކުރުމަކީ ފައިނޭންސިން ދާއިރާގެ މުސްތަގުބަލަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
ދިރާގުން އަންނަނީ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމްއޭއެފްއަކީ އެކައުންޓެންޓުން ކުރިމަގަށް ފައިދާ ކުރާނެ ކޮންފަރެންސެކެވެ.
އޭގެއިތުރުން ދިރާގުން އަންނަނީ މުޖުތަމައުގެ ފައިދާއަށް އެކި ދާއިރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބައެއް ޕްރޮގްރާމްތައް ދިރާގުން އިސް ނަގައިގެން ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.











