ޕާސަނަލްް ބެސްޓަކާ އެކު އިބާދުﷲ އަށް އޮލިމްޕިކްސްގެ ޕްރިލިމިނަރީ ހީޓުގެ ފަސް ވަނަ

Aug 3, 2024, 11:17 AM
އިބާދުﷲ (ވ.1) މި ފަހަރުގެ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އިބާދުﷲ (ވ.1) މި ފަހަރުގެ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ހީޓު ހަތަރެއްގައި ދުވި ރާއްޖޭގެ، އިބާދުﷲ އާދަމް ފަސް ވަނައިގައި ނިންމިއިރު، އޭނާ ވަނީ ޕާސަނަލް ބެސްޓް ޓައިމިން ހަދައިފި އެވެ.

އިބާދުﷲ, 22, ގެ މިއަދުގެ ޓައިމިން އަކީ، 10.55 ސިކުންތެވެ. މި ޓައިމިން އަކީ، މި އިވެންޓްގައި ވާދަކުރި، ހުރިހާ އެތުލީޓުންނަށް ބަލާއިރު، އިބާދުﷲ އަށް މި ފަހަރުގެ އޮލިމްޕިކްސްގެ އެއް ވަނަ ރައުންޑަށް ކޮލިފައިވެވޭ ވަރުގެ ޓައިމިން އެއް ނޫނެވެ.

ޖެމެއިކާގައި ޓްރެއިނިން ހަދަމުން އައި އިބާދުﷲ، އަނިޔާ އަކުން ރިކަވާވެ ކުރި މަސައްކަތުން މި ފަހަރުގެ އޮލިމްޕިކްސް އިން ފުރުސަތު ހޯދިއިރު، އޭނާ ވާދަކުރި ހީޓުގެ އެއް ވަނަ ހޯދި ހައިޓީގެ ކްރިސްޓޮފާ ބްރޮޒޯގެ ޓައިމިން އަކީ 10.26 ސިކުންތެެވެ. ދެ ވަނަ ހޯދި އެންގޯލާގެ މާކޯސް ސަންޓޯސް ރޭސް ނިންމީ 10.31 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި ކޮމޮރޯސްގެ ހަކީމް މަރޫފޫގެ ޓައިމިން އަކީ 10.44 ސިކުންތެެވެ.

އިބާދުﷲ ވާދަކުރި ހީޓުގެ ޓައިމިން.

އެއް ވަނަ ރައުންޑަށް ކޮލިފައިވި، އެންމެ ލަސް ވަގުތަކީ، 10.54 ސިކުންތެވެ. މާނަ އަކީ އިބާދުﷲ އަށް ފުރުސަތު މި ގެއްލުނީ، ގާތްގަނޑަކަށް 0.01 ސިކުންތުގެ ފަރަގަކުންކަން ބެލުމުގެ ޖާގަ އެބައޮތެެވެ. އެއީ، އިބާދުﷲއާ އެއް ހީޓެއްގައި ވާދަކުރި އިރާގުގެ ޔާސީން ތޯހާ އެއް ވަނަ ބުރަށް ކޮލިފައިވީ، 10.54 ސިކުންތުގެ ޓައިމިންއަކާ އެކު ކަމަށްވާއިރު، ކޮންގޯގެ އެތުލީޓު، މުލަމްބާ ވަނީ ހީޓު ފަހެއްގައި، 10.54 ސިކުންތުން ނިންމައިގެން ރައުންޑް ވަން އަށް ކޮލިފައިވެފަ އެވެ.

ރާއްޖޭގެ އެތުލީޓަކަށް، އެންމެ ފަހުން، އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދިޔައީ، އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އެވެ. ސާއިދު އެންމެ ފުރަތަމަ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކުރިއިރު، ޕްރިލިމިނަރީ ހީޓުގެ އެއް ވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ފުރުސަތު ހޯދި އެވެ. ސާއިދު، އެ ހީޓުގެ އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު އެތުލީޓެވެ. އެ އަށް ފަހު، ފުރަތަމަ ބުރުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ސާއިދު އަށް ވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.47 ސިކުންތުންނެވެ.

ސާއިދަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސް ކަމަށްވާ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދެ ވަނަ ދިވެހި އެތުލީޓެވެ. އެ ޝަރަފް އެންމެ ފުރަތަމަ ހޯދީ، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ޖާގަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އެވެ. ސާއިދު، 2020 އޮލިމްޕިކްސްގައި ވާދަކުރި ހީޓުގެ ހަތަރު ވަނަ އަށް ދިޔައިރު، ފުރަތަމަ ބުރުގެ ޖާގައެއް ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox