ޖަރުމަނުގެ ފޯވާޑް ފުލްކްރޫގް ބޮޑު އަގުގައި ވެސްޓް ހޭމް އަށް

Aug 3, 2024, 5:57 AM
ޖަރުމަނުގެ ފޯވާޑް ފުލްކްރޫގް ބޮޑު އަގުގައި ވެސްޓް ހޭމް އަށް

ބާލިން (އޮގަސްޓް 3) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، ނިކްލަސް ފުލްކްރޫގް ބޮޑު އަގުގައި، އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު 14 މިިލިއަން ޑޮލަރަށް، ވާޑާ ބްރެމެން އިން ޑޯޓްމަންޑަށް ބަދަލުވި ފުލްކްރޫގް، 31، ވެސްޓް ހޭމް އަށް ވިއްކާލަން އެއްބަސްވެފައިވާ އަގަކީ، 35 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑޯޓްމަންޑަށް މިދިޔަ ސީޒަނުގައި، 46 މެޗުން 15 ގޯލު ޖަހައިދިން ފުލްކްރޫގް ވަނީ ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް ކުޅުނު، 21 މެޗުން 13 ލަނޑު ޖަހައިފަ އެވެ. ގޯލާ ރަށްޓެހި ކުޅުންތެރިއެއްގެ ގޮތުގައި މި ފަހުން ފެންނަ ފުލްކްރޫގް ހޯދަން ވެސްޓް ހޭމް ވެރިންނަށް އެންގީ އެ ޓީމާ ހަވާލުވި ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީ އެވެ.

ލޮޕެޓެގީ ފުރަތަމަ ބޭނުންވީ، އެސްޓަން ވިލާ އަށް ކުޅޭ ކޮލަމްބިއާ ފޯވާޑް، ޖޯން ޑުރާން އެވެ. އެކަމަކު، އެ ކްލަބުން ކިޔާ އަގުބޮޑުވުމުން އެ ޑީލް ކުރިއަށް ނުގެންދިޔަ އެވެ.

ވެސްޓް ހޭމް އަކީ މި ފަހަރުގެ ޓްރާންސްފާގައި އެކްޓިވްކޮށް ފެންނަ ކްލަބެކެވެ. އެ ޓީމުން ވަނީ ވުލްވްސް އަށް ކުޅެމުން އައި ޑިފެންޑަރު، މެކްސް ކިލްމަން، 55 މިލިއަން ޑޮލަރަށް ގަތުމުގެ އިތުރުން، ބްރެޒިލްގެ ޕަލްމެއިރާސް އަށް 30 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ލުއިސް ގިލެރްމޭގެ ސޮއި ހޯދައި، ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު ވެސް ފޮޑެރިންހަމް ހޯދައިފަ އެވެ.

ދެން، ވެސްޓް ހަމް އިން ސޮއިކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ، ހިލޭ ޓްރާންސްފާއެއްގައި ރެއާލް ބެޓިސްގެ މިޑްފީލްޑަރު، ގީޑޯ ރޮޑްރީގޭޒް އާއި ލީޑްސް ޔުނައިޓެޑްގެ ކްރައިސެންސިއޯ ސަމާވިލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ އާރޮން ވަން-ބިސާކާ އެވެ. ސަމާވިލް އާއި އާއި ބިސާކާ އަށް 50 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox