ފަހުރުވެރި އޮލިމްޕިކްސްގެ ފުރުސަތު އިބާދުﷲ އަށް ވަރަށް ހާއްސަ

Aug 3, 2024, 3:48 AM
ފަހުރުވެރި އޮލިމްޕިކްސްގެ ފުރުސަތު އިބާދުﷲ އަށް ވަރަށް ހާއްސަ

ފްރާންސްގެ ޕެރިހުގައި މި ފަހަރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ހުނަރުވެރި އެތުލީޓު، އިބާދުﷲ އާދަމް އަށް ލިބުމަކީ އެކި ގޮތްގޮތުން އޭނާ އަށް ވަރަށް ހާއްސަ ޝަރަފެކެވެ. އޮލިމްޕިކްސްގެ މި ފުރުސަތު އިބާދުﷲ އަށް ލިބުމުން އޭނާ އަމާޒުހިފައިގެން ހުރީ ހުރިހާ ގޮތަކުން މި ފުރުސަތުގެ ބޭނުންހިފުމަށެވެ.

ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އައި އިބާދުﷲ އަށް އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް އިންވިޓޭޝަން (ކޮލިފައިނުވާ ގައުމުތަކަށް ދޭ ފުރުސަތު) ލިބުނީ އޮލިމްޕިކްސްއާ ދިމާކޮށް އެންމެ ފަހުން އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސް ތަކުން އެންމެ ރަނގަޅު ޓައިމިންގް އެއް ނެރެފައިވާތީ އެވެ. ރޭންކިން ޕޮއިންޓަށް ބަލާއިރު، އިބާދުﷲ އަށް ވަނީ، 1003 ޕޮއިންޓް ލިބިފަ އެވެ.

އޮލިމްޕިކްސް އަށް ދާނެ ދިވެހި އެތުލީޓެއް ކަނޑައެޅުމުގައި، އެތުލެޓިކްސް އެސޯސިއޭޝަނުން ބަލާ މިންގަނޑުގެ ތެރެއިން ޕޮއިންޓް އެންމެ ގިނައީ އިބާދުﷲ ގެ އެވެ. ދެ ވަނަ އަށް ދިޔަ، މަރިޔަމް ރޫޔާ އަލީގެ ޕޮއިންޓުގެ ޖުމްލަ އަކީ، 974 ޕޮއިންޓެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އިބާދުﷲ ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: ގެޓީއިމޭޖަސް

މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ތަފާތުކޮށް، ޕެރިހުގެ ރިވާ ސިއެންގަަ އެވެ. މިއީ، އޮލިމްޕިކްސް ތާރީހުގައި ވެސް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ފުރަތަމަ ފަހަރެެވެ.

އެ އިވެންޓްގައި، މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ޝަރަފް ލިބުނީ އިބާދުﷲ އާއި ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އަށެވެ.

ދިދަ އުފުލުގެ ޝަރަފާ އެކު، އިބާދުﷲގެ ކެރިއަރުގެ ބޮޑު ގޭމްސްގެ ފުރިހަމަކަން އިތުރުވީ އެވެ.

"އޮލިމްކްސްގައި ފްލެގް ބިއަރާކަން ލިބުމަކީ ވަރަށް ޕްރެސްޓީޖިއަސް (ޝަރަފްވެރި) ކަމެއް. ވަރަށް އުފާވޭ އެ އޮޕޮޗިއުނިޓީ ލިބުނީމަ،" އޮލިމްޕިކްސް އަށް ފުރުމުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އިބާދުﷲ ބުންޏެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ ޓްރެއިނިންއެއްގެ ތެރެއިން އިބާދުﷲ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އިބާދުﷲ އަށް އައިއޯއައިޖީއާ އެކު، އޭޝިއަން ގޭމްސްގެ ފުރުސަތު ވެސް ގެއްލުނެވެ. ބޮޑު ދެ ގޭމްސް އިން ފުރުސަތު ގެއްލުމުގެ ހިތްދަތިކަން ދިޔައީ އޮލިމްޕިިކްސްގެ ފުރުސަތާ ހަމައިންނެވެ.

މަތީ ފެންވަރުގެ އެތުލީޓުން ތަމްރީނު ކުރުމުގައި މަޝްހޫރު ގައުމެއް ކަމަށްވާ ޖެމެއިކާ އިން އިބާދުﷲ އަށް ޓްރެއިނިން ފުރުސަތު ހޯދައިދިންއިރު ވެސް އެންމެ ބޮޑު އެއް އަމާޒެއް ގުޅިފައި އޮތީ، މިދިޔަ އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރުގައި، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމެވެ. އެކަމަކު، އެ މުބާރާތަށް ދިއުމުގެ ކުރިން އިބާދުﷲ އަށް އަނިޔާވެ، ފުރުސަތު ގެއްލުނީ އެވެ.

"(އޮލިމްޕިކްސްގެ) ފުރުސަތުގެ ބޭނުންހިފަން، 100 ޕަސެންޓް ރެޑީ، އައިއޯއައިޖީ މިސްވީމަ އޭގެ ކަމްބެކް (އެނބުރި އައުން) އޮލިމްޕިކްސް އަކީ، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަން،" އޮލިމްޕިކްސްގެ އުންމީދުތަކާ ގުޅޭގޮތުން އިބާދުﷲ ބުންޏެވެ.

އިބާދުﷲ، އަނިޔާއިން ރިކަވާވެގެން ކުރި ދަތުރުގައި އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ހިތްވަރަށް، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ތައުރީފުކުރައްވައިފަ އެވެ.

ގދ. ތިނަދޫ އަށް އުފަން، އިބާދުﷲ، އެތުލެޓިކްސް ކެރިއަރު ފަށައިގެން އަހަރު، 2015 އަކީ، ރާއްޖޭގެ އެންމެ ކާމިޔާބު އިންޑިވިޖުއަލް އެތުލީޓު، ހަސަން ސާއިދު، އައިއޯއައިޖީން ރަން މެޑަލް ގެނައި އަހަރެވެ. އިބާދުﷲ، ކެރިއަރު ފެށީ، އުފަން ރަށުގައި ބޭއްވި އިންޓަ ހައުސް މީޓަކުންނެވެ.

އިބާދުﷲގެ ފުރަތަމަ ކޯޗު، ރައުހަތު ގުދުރަތުﷲގެ އެހީތެރިކަމާ އެކު، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް، ގައުމީ ޓީމުގައި ވެސް ކުރިއެރުން ހޯދައި، އިބާދުﷲ މިއަދު ދުވަން އެ ތައްޔާރުވަނީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގެ އިވެންޓެކެވެ.

ކުޅިވަރު ހަޔާތުގެ އެންމެ ހާއްސަ ވަގުތާ ބެހޭގޮތުން ވާހަކަ ދެއްކިއިރު ވެސް އިބާދުﷲ ވަނީ އޭނާ އަށް މި ކަމުގެ ތެރެއަށް ނުކުމެވުނު، ރަށަށްޓަކައި މުސްތަގުބަލުގައި ކަމެއް ދެކޭކަން ހިއްސާކޮށްފަ އެވެ.

"ތިނަދޫގެ އެންމެ ފުރަތަމަ އޮލިމްޕިއަން މިއީ. އަޅުގަނޑުގެ ފަހަތުން ތިނަދޫ އިން ބައިވަރު އޮލިމްޕިއަނުންތަކެއް ފެނިގެންދިއުން އުންމީދަކީ ކުރިއަށް އޮތްތަނުގައި،" އިބާދުﷲ ބުންޏެވެ.

އިބާދުﷲ، މީގެ ކުރިން، ބުނީ އޮލިމްޕިކްސްގައި ވާދަކުރުމަކީ، އެންމެ ފުރަތަމަ ދުވަން ފެށިއިރު, އޭރުގެ ކޯޗު ރައުހަތު ވެސް ދެކެމުން އައި ހުވަފެން ކަމަށެވެ. އަދި ކޯޗު ރައުހަތު، އަަބަދުވެސް، އިބާދުالله އަށް މިކަން ވާނެ ކަމަށް ބުނި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox