އެސްޕަޔާ ފުޓްބޯލް އެކެޑަމީ އިން އިތުރު ކޯޗުން ހަމަޖައްސައި ވަރުގަދަ މިސްރާބަކަށް

Aug 2, 2024, 6:32 AM
އެސްޕަޔާ އަށް އާ ކޯޗުން ހަމަޖައްސަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އެސްޕަޔާ އަށް އާ ކޯޗުން ހަމަޖައްސަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި، މީގެ އަށް މަސް ކުރިން ވުޖޫދުވި އެސްޕަޔާ ފުޓްބޯލް އެކެޑަމީން ކޯޗިން ޓީމު ވަރުގަދަ ކުރުމަށް އިތުރު، ކޯޗުން ހަމަޖައްސައި، އެކަޑަމީގެ މަސައްކަތް މިހާރަށް ވުރެ ވަރުގަދަކުރަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ފެށި އެސްޕަޔާ އެކެޑަމީން ދާދި ފަހުން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ފުޓްބޯޅަ ޓީމު، ކްލަބް އީގަލްސްގެ ޔޫތު ލެވަލްގެ ކަންކަމާ ހަވާލުވެފަ އެވެ. އަދި މަޖީދިއްޔާ ސްކޫލްގެ ޔޫތު ޓީމުތަކުގެ ސެޓަޕް ހަދައިދިނުމުގައި، އެސްޕަޔާ ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެކެޑަމީގެ މި މުހިންމު، ޕްރޮޖެކްޓްތައް، އެސްޕަޔާ އެކެޑަމީ އިން ގެންދަނީ ރާއްޖޭގެ ލެވަލްގެ ތަޖުރިބާ ބޮޑު ކޯޗުންނާ އެކު އެވެ.

ދާދި ފަހުން، އެސްޕަޔާ އިން ވަނީ، އެ އެކެޑަމީ އަށް އާ ކޯޗުން ހަމަޖައްސައި، އެކެޑަމީގެ ޕްރޮގްރާމްތައް ކުރިއަށް ވުރެން ފުޅާކުރަން ނިންމައިފަ އެވެ.

އެސްޕަޔާ އަށް އާ ކޯޗުން ހަމަޖައްސަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އެ ގޮތުން، އެސްޕަޔާއާ ގުޅުނު ކޯޗުންނަކީ، ގައުމީ ޓީމަށް ކުޅެފައިވާ، އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ޝަފީއު (ޗެކް)، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިޔާ، މުހައްމަދު ޔަޒްދާން (ޔަޒޭ)، އީގަލްސްގެ އެސިސްޓަންޓް ކޯޗު، މުހައްމަދު ނަދީމް (ނަޑޭ)، ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެ، ފުޓްސަލްގައި ކާމިޔާބު ކޯޗިން ކެރިއަރެއް ބިނާކުރަމުން އަންނަ، މުހައްމަދު ފުހައިދު (ޓޯޑް) އެވެ.

އެސްޕަޔާގެ ކޯޗިން ޓީމުގައި ދެން މަސައްކަތް ކުރަމުން އަންނަ ކޯޗުންނަށް ބަލާއިރު، ފުޓްސަލް އާއި ފުޓްބޯޅަ ކޯޗިންގައި މަސައްކަތްކުރާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އަހުމަދު ނިޔާޒް (ނިޔާ)، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ)، ގައުމީ އަންހެން ޓީމުގެ ހައްވާ ހަނީފާ އާއި ޝިޔާނާ އަހުމަދު ޒުހައިދު (ތާތި) އަދި ފުޓްބޯޅަ ކޯޗިންގައި މަސައްކަތްތަކެއް ކުރަމުން އަންނަ، ޖައުފަރު އަލީ (ޖައުބެ) ހިމެނެ އެވެ.

އެސްޕަޔާގެ ޕްލޭން ހެދުމުގައި މަސައްކަތް ކުރަނީ، ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ހުރި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) އެވެ. އެ ގޮތުން، އެކެޑަމީގެ ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް ކަންކަން، ރަނގަޅަށް ހިންގުމުގައި، ޖަވާ އާއި މޯހަން ހަރަކާތްތެރިވުމަކީ، އެ އެކެޑަމީ އަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

އެސްޕަޔާ ފުޓްބޯލް އެެކެޑަމީގެ މީޑިއާ ޕާޓްނަަރަކީ، "އަދަދު ސްޕޯޓްސް" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox