ޗެތުރީ ބުނެދިނީ އިންޑިއާ އަށް އޮލިމްޕިކްސް މެޑަލް މަދުވުމުގެ ހަގީގަތް

Aug 2, 2024, 6:13 AM
ޗެތުރީ ބުނެދިނީ އިންޑިއާ އަށް އޮލިމްޕިކްސް މެޑަލް މަދުވުމުގެ ހަގީގަތް

މުމްބާއި، އިންޑިއާ (އޮގަސްޓް 2) - ދުނިޔޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮތް އިންޑިއާ އަށް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް އޮލިމްޕިކްސް އިން މަދު އަދަދެއްގެ މެޑަލް ލިބޭ އެންމެ ބޮޑު ސަބަބަކީ ރަަނގަޅު ވަގުތުގައި ހުނަރު ދެނެގަނެ، އެ ޑިވެލޮޕްކުރަން މަސައްކަތް ނުކުރުން ކަމަށް، އިންޑިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ސުނިލް ޗެތުރީ ބުނެފި އެވެ.

ދާދި ފަހުން، އިންޑިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޗެތުރީ، 39، އިންޑިއާގެ ޔޫޓިއުބް އިންފްލުއެންސަރު، ރާޖު ޝަމާނީގެ ޕޮޑްކާސްޓް ޝޯ، "ފިގަރިން އައުޓް"ގައި ދެއްކި ވާހަަކަތަކަށް މިހާރު އަންނަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުންނެވެ.

އެ ގޮތުން، ޗެތުރީ އަށް އަމާޒުވި ސުވާލަކީ، އިންޑިއާ އަށް އޮލިމްޕިކްސްގައި ނިސްބަތުން މަދު މެޑަލް ލިބޭ ސަބަބަކީ ކޮބައިތޯ، ޗެތުރީގެ ނަޒަރުގައި ކިޔައިދިނުމަށެވެ.

"އަހަރެމެން ކީއްވެތޯ މެޑަލް ނުހޯދެނީ (އޮލިމްޕިކްސްގައި)، 1.5 ބިލިއަން މީހުންގެ އާބާދީއެއް އޮވެ ވެސް. މިއީ މި ނަމްބަރަށް ބަލައިގެން ދައްކަންވީ ވާހަަކައެއް ނޫން. ފެކްޓަށް ބަލައިގެން ދައްކަންވީ ވާހަކައެއް. ހަގީގަތަކީ އަހަރެމެން ރަނގަޅު ވަގުތުގައި، މި 1.5 ބިލިއަން މީހުންގެ ތެރޭގައި ތިބި ހުނަރު ދެނެގަނެ، އެ ހުނަރު ޑިވެލޮޕްކުރަން މަސައްކަތެއް ނުކުރޭ،" ޗެތުރީ ބުންޏެވެ.

"ޗައިނާ، އެމެރިކާ، ޖަޕާން، ޖަރުމަނު، އޮސްޓްރޭލިއާ، ކެނަޑާ، - އޮލިމްޕިކްސްގައި ތަފާތު ދައްކާ ގައުމުތައް، މި ބުނި ކަންތައްތަކުން މި އޮތީ އަހަރެމެންނަށް ވުރެ އެތައް މޭލެއް ކުރީގައި،"

އޮލިމްޕިކްސްގެ ތާރީހުގައި އިންޑިއާ އިން ވަނީ 38 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި، މި ފަހަރުގެ އޮލިމްޕިކްސްގައި ހޯދި ތިން ލޯ މެޑަލް ވެސް ހިމެނެ އެވެ. ރަން މެޑަލަށް ބަލާއިރު، އޮލިމްޕިކްސްގައި އިންޑިއާ އިން ވަނީ 10 މެޑަލް ހޯދައިފަ އެވެ.

އިންޑިއާ އިން ކުޅިވަރަށް ކުރާ ހޭދަ އާއި އާބާދީގެ ނިސްބަތާ މި ހުރިހާ ކަމެއް އަޅާކިޔާއިރު، އެންމެ ބޮޑު ބަހުސަކީ، މެޑަލްގެ އަދަދު މަދުވުމުގެ ވާހަކަ އެވެ.

އިންޑިއާ ގައުމީ ޓީމަށް 146 މެޗުން 94 ގޯލު ޖަހައިދިން ޗެތުރީ ބުނީ، އެ ގައުމުގައި ހުރިހާ ކުޅިވަރަކުން ވެސް ހުނަރު އެބަހުރި ކަމަށެވެ. އެކަމަކު، މީގެ މަސައްކަތް ކުރަން ޖެހޭ ގޮތަށް އަދިވެސް ނުކުރެވޭކަން ޗެތުރީ ފާހަގަކުރި އެވެ.

"އަހަރެމެން ގައުމުގައި ހުނަަރު ނެތޭ ބުނެވޭކަށް ނޯންނާނެއޭ، ދެ ދައްކާ ވާހަކަ އަކީ 100 ޕަސެންޓް ހަގީގަތް. އަންޑަމަންގައި ހުރި ފަސް އަހަރުގެ ކުއްޖަކު، ފުޓްބޯޅައިން ނޫނީ ޖެވަލިން ނޫނީ ކްރިކެޓުން ރަނގަޅު ވެދާނެ. އޭނާ އަށް ވެސް ސީދާ (އެ ހުނަރު ޑިވެލޮޕްކުރަން) އެކަން ނޭނގިދާނެ. އެއް ފަހަރު ނޫނީ ދެ ފަހަރު އެ ކަމެއް ކޮށްފައި، ގެއްލޭނީ، ދެން ފެންނާނީ ކޯލް ސެންޓަރަކުން (އެހެން ވަޒީފާ އަކުން)" ޗެތުރީ ބުންޏެވެ.

"އަދިވެސް މި ބުނަނީ، ރަނގަޅު ވަގުތުގައި ހުނަރު ދެނެގަންނަންވީ، ކޮން ކުއްޖެއްގެ ގައިގައި ކޮން ހުނަރެއްތޯ ހުރީ. އެކަން ކުރުމުގައި އަހަރެމެން މި އޮތީ ފަހަތުގައި. މިހެން ބުނެގެން ބަޔަކު އަހަރެން މަރާލަން އައި ކަމުގައި ވިޔަސް، މިއީ ރިއަލިޓީ އަކީ،"

މިހާރު ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސްގައި މި ވަގުުތަށް ބަލާއިރު، މެޑަލް ތާވަލުގައި އިންޑިއާ އޮތީ 44 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox