އިނގިރޭސި ކޯޗު ޝޭކްސްޕެއާ އުމުރުން 60 އަހަރުގައި މަރުވެއްޖެ

Aug 2, 2024, 5:34 AM
އިނގިރޭސި ކޯޗު ޝޭކްސްޕެއާ އުމުރުން 60 އަހަރުގައި މަރުވެއްޖެ

ލަންޑަން (އޮގަސްޓް 2) - އިނގިރޭސި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ގިނަ ކްލަބްތަކެއްގައި ކޯޗިން މަސައްކަތްތަކެއް ކުރިި، ކްރެއިގް ޝޭކްސްޕެއާ، އުމުރުން 60 އަަހަރުގައި މަރުވެއްޖެ އެވެ.

ޝޭކްސްޕެއާ، މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަަރުވާ ހޯދަމުން އަންނަނިކޮށެވެ. ޝޭކްސްޕެއާ އަށް ކެންސަރު ޖެހިފައިވާކަން އިއުލާނުކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

ލެސްޓާ ސިޓީން 2015-2016 ވަނަ އަހަރު ކްލައުޑިއޯ ރަނިއޭރީގެ ކޯޗުކަމުގައި، އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އެ ޓީމުގެ އެސިސްޓަންޓް ކޯޗަކީ ޝޭކްސްޕެއާ އެެވެ.

ރަނިއޭރީ ވަކިވުމުން، 2017 ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން، އެ ސީޒަން ނިމެންދެން ވަގުތީ ކޯޗެއްގެ ގޮތުގައި ޝޭކްސްޕެއާ ހުއްޓެވެ. އަދި ރަނގަޅު މަސައްކަތްތަކެއް ކުރުމުން، އެ ސީޒަނަށް ފަހު، ތިން އަހަރުގެ ކޮންޓްރެކްޓެއް ޝޭކްސްޕެއާ އަށް ދިން ނަމަވެސް އޮކްޓޫބަރު މަހު މަގާމުން ވަކިކުރި އެވެ.

އިންގްލެންޑް ޓީމުގެ އެސިސްޓަންޓް ކޯޗަކަށް 2016 ވަނަ އަހަރު މަސައްކަތްކުރި ޝޭކްސްޕެއާ ވަނީ، ކޯޗިންގެ އެކި ރޯލުތަކުގައި، ވެސްޓް ބްރޮމްވިޗް އަލްބިއަން، ހަލް ސިޓީ، އެވަޓަން، އެސްޓަން ވިލާ، ނޮރިޗް ސިޓީ އަދި ވަޓްފޯޑްގައި މަސައްކަތް ކޮށްފަ އެވެ.

ޝޭކްސްޕެއާ އެންމެ ފަހުން ވެސް ހުރީ ލެސްޓާގަ އެވެ. އެއީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު، އެ ޓީމުގެ ކޯޗަކަށް ހުރި ޑީން ސްމިތުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox