ކާރުން ޖެހި އަނިޔާވި މީހާގެ ކަނދުރާ އާއި މައިބަދައިގައި ހުރީ ރެނދު ލާފައި، ހާލު ސީރިއަސް

އިއްޔެ އެކްސިޑެންޓުވި ކާރު. އެ ކާރުގައި ތިބި މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ: ސޯޝަލްމީޑިއާ

އިއްޔެ އެކްސިޑެންޓުވި ކާރު. އެ ކާރުގައި ތިބި މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ: ސޯޝަލްމީޑިއާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކަނދުރާ އާއި މައިބަދައިގައި ހުރީ ރެނދުލާފައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ކޯޓުގައި ފުލުހުން ބުނެފި އެވެ.

އަނިޔާވި މީހާގެ ގައިގައި ޖެހުނު ކާރުގައި ތިބި މީހުންގެ ބަންދު މުއްދަތާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ކާރުގައި ތިބި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ތިންވަނަ މީހާގެ ބަންދާ މެދު ނިންމި ގޮތެއް ނޭނގެ އެވެ.

އެކްސިޑެންޓުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައި ވަނީ އިބްރާހިމް އިކްރާމް، ގ. ލޭންޑްއޮފްގާޑަން، ކ. މާލެ، 33އ އާއި އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާގެ، ކ. މާލެ، 25އ، އެވެ.

އެކްސިޑެންޓު ހިނގީ އިއްޔެ މެންދުރެއްހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތައް ކައިރީގަ އެވެ.

އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ މީހާ ވިއްސައިގެން ގޮސް، މަގުގެ ގަސް އިންދާ ބައިގެ މަތިން ގޮސް ދުވާރު މައްޗަށް ވެއްޓޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

ގަސް އިންދާ ބައި ހުރަަސްކޮށް ގޮސް ދުވާރު މައްޗަށް ކާރު މަތަވި އިރު، އެތަނުގައި ހުރި ގަހެއް ވެސް ބިންދައިގެންދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން ތައްޔާރުކޮށް ކޯޓަށް ހުށަހެޅި ހާދިސާ ހިނގި ގޮތުގެ ރިޕޯޓުގައި ވާގޮތުން އަނިޔާވި މީހާ ވިއްސައިގެން ގޮސް ފުރަތަމަ ޖެހުނީ ކަނދުރާ އެވެ. އޭގެ ސަބަބުން އޭނާގެ ކަނދުރާ އާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ، އިބްރާހިމް އިކްރާމްއަށް ވެސް އެކްސިޑެންޓުގައި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން އޭނާގެ "މެޔަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށާއި، އަދިވެސް ތަދުވާ،" ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުންޏެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދު ދޫކޮށް އިކްރާމް ދިޔަ ސަބަބަކީ އެއީ ކަމަށް ވެސް ފުލުހުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ބަންދު ކުރަން ދެން އަމުރު ކުރި އިކްރާމުއްއަހްމާން އާ ހަވާލާދީ ފުލުހުންގެ ރިޕޯޓުގައި ބުނެފައި ވަނީ އެކްސިޑެންޓުވި ސަރަހައްދު ދޫކޮށް އޭނާ ދިޔައީ އެތަނުގައި އެވަގުތު ތިބި ފުލުހުންގެ ހުއްދަ ލިބިގެން ކަމަށް އޭނާ ބުނި ނަމަވެސް އެއްވެސް ފުލުހަކު އޭނާއާ ވާހަކަދައްކާތަން އެ ސަރަހައްދުގެ ވީޑިއޯ ފުޓޭޖުން ނުފެންނަ ކަމަށާއި އެތަނުން ދިޔުމުގެ ހުއްދަ ފުލުހަކު ދިންކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިޔުމުން އިކްރާމުއްރަހްމާން އާއި އިބްރާހިމް އިކްރާމް ވެސް ބަންދަށް ލުޔެއް ދިނުމަށް އެދިފައިވެ އެވެ.

ނަމަވެސް ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރަން ކޯޓުން ނިންމީ އެކްސިޑެންޓުވުމުން އެތަނުގައި މަޑުނުކޮށް، "ސީނުން ފިލައިގެން ގޮސްފައި ވާތީއާއި، އަމަލު ހިނގާފައިވާ ގޮތުން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކޮށްފައި ވާތީ،" ބަންދުގައި އެމީހުން ބޭތިއްބުމަށް ފުލުހުން އެދުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox