އިންގްލެންޑްގެ ވަޒީފާ ކްލޮޕަށް މި ވަގުތު އެއްވެސް ޝައުގުވެރިއެއް ނޫން

Jul 31, 2024, 4:56 PM
އިންގްލެންޑްގެ ވަޒީފާ ކްލޮޕަށް މި ވަގުތު އެއްވެސް ޝައުގުވެރިއެއް ނޫން

މިއުނިކް (ޖުލައި 31) - ގަރެތު ސައުތުގޭޓް އިސްތިއުފާ ދިނުމުން، ހުސްވެފައިވާ އިންގްލެންޑް ގައުމީ ޓީމުގެ ކޯޗުކަމުގެ ވަޒީފާ ހުށަހެޅިޔަސް، މި ވަގުތު އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ނުވަ އަހަރަށް ފަހު، ލިވަޕޫލް ދޫކޮށްލި ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވެ، ކްލޮޕް، 57، ވަނީ ޔޫރަޕްގެ ގަދަ ޓީމަކަށް އެ ޓީމުން އަލުން ހަދައިފަ އެވެ. އެ ޓީމަށް 491 މެޗުގައި އިރުޝާދުދިން، ކްލޮޕް މިދިޔަ ސީޒަނަށް ފަހު، އެ ޓީމު ދޫކޮށްލީ ކޯޗިންގައި ކުރިއަށްދާން "ހަކަތަ" ނެތް ކަމަށް ބުނެ، ބްރޭކެއް ނެގުން މުހިންމު ކަމަށް ފެންނާތީ އެވެ. ދާދި ފަހުން، އެމެރިކާ ގައުމީ ކޯޗުކަން ކްލޮޕަށް ހުށަހެޅުމުން ވެސް އޭނާ ވަނީ ފުރަގަސްދީފަ އެވެ.

ޖަރުމަނުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކޯޗަސް ކޮންފަރެންސްގައި ކްލޮޕަށް ވަނީ އިންގްލެންޑްގެ ކޯޗުކަމާ ގުޅޭ ސުވާލުތަކެއް އަމާޒުވެފަ އެވެ.

"މި ވަގުތު ނެތް އެއްވެސް ވަޒީފާއެއް، ގައުމީ ޓީމެއް ވެސް، ކްލަބެއް ވެސް،" ކްލޮޕް ބުންޏެވެ.

"އިންގްލެންޑް؟ އެ ވެގެންދާނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ބައެއްގެ ކުރިމަތީގައި ނޫނެކޭ ބުނަން ޖެހޭ އެންމެ ބޮޑު ފަހަރު ކަމަށް،"

ލިވަޕޫލް 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. އަދި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރިއެވެ. މި ސީޒަންގައި ލިވަޕޫލް ލީގު ކަޕް ކާމިޔާބުކުރިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox