ޔާމީން ރަޝީދުގެ މަރު: ޒިހާނާއި ހައިޝަމްގެ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ރައްދު ދީފި

ބްލޮގަރު ޔާމިން ރަޝީދު

ބްލޮގަރު ޔާމިން ރަޝީދު

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ކުށް ސާބިތުވެފައިވާ އިސްމާއީލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ގާނޫނީ ނުކުތާތަކަށް ދައުލަތުގެ ވަކީލުން މިއަދު ރައްދު ދީފި އެވެ.

ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށް އެކަންޏެވެ. ދެށް ކުށް ސާބިތުނުވާ ހަތަރު މީހުންގެ ތެރެއިން އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ދައުލަތުން އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުގައި މިހާރު ކުރިއަށް ދަނީ ހައިޝަމާއި ޒިހާން ހުށަހެޅި އިސްތިއުނާފާއި ދައުލަތުން ހުށަހެޅި އިސްތިއުނާފުގެ މި ބައިތަކެވެ. ފުރަތަމަ އަޑުއެހުމުގައި ހައިޝަމާއި ޒިހާންގެ ނުކުތާތައް ހުށަހެޅި އެވެ. މިއަދު ބޭއްވި، މައްސަލައިގެ ދެވަަނަ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އެ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ.

Advertisement

ހައިޝަމާއި ޒިހާންގެ މައިގަނޑު ނުކުތާއަކީ ދަށު ކޯޓުގެ ޝަރީއަތަށް ހެކިބަސް ދިން ސިއްރު ހެކިވެރިން ފަހުން ހެކިބަސް އަނބުރާ ގެންދިއުމަށް އެދި ފޮނުވި ސިޓީއަށް ދަށު ކޯޓުގެ ފަނޑިޔާރު ރިއާޔަތް ނުކުރުމާއި އެ ހެކިވެރިންގެ ހެކިބަސް ބަލައިގަތަސް އެ ހެކިބަހަށް ބުރަދަން ދެވެެން ނެތް ކަމެވެ.

ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު ނައުޝާދު ވިދާޅުވީ ސިއްރު ހެކިވެރިންގެ ހެކިބަސް ގެންދިޔައީ ބިރު ދައްކައިގެން ކަން އެނގެން އެބަ އޮތް ކަމަށެވެ. އެހެންކަމުން ހެކިބަސް ބަލައިގަތުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ވަށައިގެންވާ ހުރިހާ ކަމެއް ވަޒަންކޮށްފައިވާ ކަމަށެވެ.

އަދި ކުށް ސާބިތުކުރީ ހަމައެކަނި ހެކިވެރިންގެ ހެކިބަހަށް ނޫން ކަމަށާއި ހެކިވެރިންގެ ވާހަކަތަކަށް ބުރަދަން ދެވޭ އިތުރު ތަހުލީލީ ހެކިތަކާއި ހެކި ގަރީނާތަކާއި އެއް ހެކި އަަނެއް ހެއްކާ ހުރި ގުޅުންތައް ވެސް ވަޒަންކޮށްގެން ކަމަށް ވަކީލު ނައުޝާދު ވިދާޅުވި އެވެ.

އެ ގޮތުން މި މައްސަލައިގައި ހުށައެޅި ވީޑިއޯ ފޫޓޭޖުގައި ކެމެރާ އަނބުރާލާކަން ފެންނަން އޮންނަ ކަން ދައުލަތުން ފާހަގަ ކުރި އެވެ. އެ ކެމެރާއިން ނެގި ފިންގާ ޕްރިންޓާއި އިސްމާއީލް ހައިޝަމް ރަޝީދުގެ ފިންގާ ޕްރިންޓާ ދިމާވާ ކަން، އަދި އެ ވީޑިއޯއިން ފެންނަ ދެ މީހުން ލައިގެން ހުރި ހެދުމާއި ހައިޝަމާއި ޒިހާންގެ ހެދުމާ ދިމާވާ ކަން ވެސް ދައުލަތުން ފާހަގަ ކުރި އެވެ.

އިސްމާއިލް ހައިޝަމް ރަޝީދުގެ ވީޑިއޯ ފޫޓޭޖަށް ބަލާއިރު ވީޑިއޯއިން ފެންނަ މީހާއާއި އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި އެއީ ދެވަނަ ސިއްރު ހެކިވެރިޔާގެ ބަހަށް ބާރު ލިބޭ ހެއްކެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ސްޕެކްޓެކިއުލާ ގެ އަަށް ވަންނަނީ ހައިޝަމް ކަމަށް ވެސް ވީޑިއޯ އިން ފެންނަ އިރު އެއީ ފުރަތަމަ ސިއްރު ހެކިވެރިޔާ ބަހާ ގުޅޭ ކަމެކެވެ.

މި ކަންކަމަކީ ދަށު ކޯޓު މަރުހަލާގައި ފަނޑިޔާރުން ވަޒަން ކުރައްވައިފައިވާ ކަންކަމަށް ވާތީ މި ނުކުތާތަކަށް ދަށު ކޯޓުން ފަނޑިޔާރުން ގޯހެއް ހަދައިފައިވާ ކަމަށް ދައުލަތުން ނުދެކެ އެވެ. ދައުލަތުން އެދެނީ ދަށު ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށެވެ.

ޔާމީން ރަޝީދު މަރައިލައިފާ ވަނީ އޭޕްރީލް 23، 2017 ގަ އެވެ. މި މައްސަލައިގައި 2 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު ބާކީ ތިބި 4 މީހުންގެ އިސްތިއުނާފީ އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަފީއު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox