ދިރާގާއި އޯއޭސެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ފިހާރައެއް ހުޅުވައިފި އެވެ.
ދިރާގުގެ ހިދުމަތްތައް ލިބޭ އެ ފިހާރަ ހުޅުވާފައި ވަނީ ހިޔާ ފްލެޓް 5 (އެޗް5-ޖީ-01) ގަ އެވެ.
ދިރާގުން ބުނީ އެ އައު ޕާޓްނާ ޝޮޕްގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ބޮޑު އާބާދީއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ދިރާގުގެ ހިދުމަތްތައް ހޯދޭނެ ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގެ ޕާޓްނާ ޝޮޕް މެދުވެރިކޮށް ލިބޭ ދިރާގުގެ ހިދުމަތްތައް:
• ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ބިލް ދެއްކުން
• ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ގަތުން
• ޕްރީޕެއިޑް ޕްލޭންތަކުގެ ރީޖާރޖް ހިދުމަތް
• ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަން ނެގުން
ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، އެކި މުޖުތަމައުތަކުގެ ރައްޔިތުންނަށް އަވަސް، ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ދިރާގުން ދަނީ މަސައްކަތް ކުރަމުންނެވެ.









