ކިޔަވައި ދިން މުއްދަތަށް އެކަނި ބަލައިގެން ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭން ނުފެނޭ: މާރިޔާ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: މުއްދަތަށް އެކަނި ބަލައިގެން ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަދޭކަށް ނުފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: މުއްދަތަށް އެކަނި ބަލައިގެން ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަދޭކަށް ނުފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން ކޮލެޖެއް ނުވަތަ ތައުލީމީ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުން ރަނގަޅު ނޫން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މަތީ ތައުލީމާ ބެހޭ ބިލާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި، މަތީ ތައުލީމުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން މަތީ ތައުލީމު ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަންގެ ގާނޫނު އިސްލާހު ކުރާއިރު މިނިސްޓްރީއަށް ފެންނަނީ މަތީ ތައުލީމުގެ ފެންވަރާއި ދައުރު ހިފެހެއްޓޭނެ ނިޒާމުތައް ހަމަޖެހި، ބޭރު ގައުމުތަކުގައި ކިޔެވުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

Advertisement

"ކޮލެޖެއްގެ ގޮތުގައި ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. މިހެންވެ ގާނޫނާއި އެ މުއްދަތު ކަނޑައެޅުމާއެކު ދެވޭ މަތީ ތައުލީމާއި ތަމްރީންގެ ކޮލިޓީ ހިފެހެއްޓޭނެ މިންގަނޑުތައް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ކޮލެޖެއް ނުވަތަ އިންސްޓިއުޓެއް ވަކި މުއްދަތެއްގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވާއިރު އެތަނެއްގެ ފެންވަރު ކަށަވަރުކުރަން ޖެހޭނެ ކަމަށާއި އެކަން ބެލޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ކޮލެޖެއް 15 އަހަރުގެ މުއްދަތުގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވުމުގައި އިއުތިރާޒެއް ނެތްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެ 15 އަހަރަކީ ފެންވަރު ރަނގަޅު ތައުލީމު ދޭ ތަނަކަށް ވާން ޖެހޭނެ ކަމަށެވެ.

އެގޮތުން ރަނގަޅު އިންސްޓިޓިއުޓެއް ކޮލެޖަކަށް ބަދަލުކުރުމަށް ކިޔަވައިދިނުމުގެ ފެންވަރުގެ އިތުރުން ވަރުގަދަ ރިސާޗު ޕްރޮގްރާމުތަކުގެ އިތުރުން ޕީއެޗްޑީ ހާސިލްކޮށްފައި ތިބި ބޭފުޅުން ތިބެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޔުނިވާސިޓީއެއްގައި ކޮލިފައިޑް ޕީއެޗްޑީ ޑޮކްޓަރުން، ފިލޯސަވީ ޑޮކްޓާ އިން އެޑިއުކޭޝަން، އެކިއެކި ދާއިރާތަކުން ތިއްބަވައިގެން އަޅުގަނޑުމެންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުން،" މާރިޔާ ވިދާޅުވި އެވެ.

ގާނޫނު އިސްލާހު ކުރުމަށް ޔުނިވާސިޓީއާއި ކޮލެޖުތަކާއެކު އިށީދެގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި ބިލަށް އިތުރު ހިޔާލުތައް ހުށަހަޅަން ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކޮމިޓީން ވަނީ އެ ވަގުތު މިނިސްޓަރަށް ދެއްވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox