އެލްއާރުއޭ ހޯމްލޭންޑް ސެކިއުރިޓީގެ ދަށަށް ބަދަލު ކުރަން ނިންމައިފި

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ވެރިން ފުވައްމުލަކު ސިޓީ ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: އެލްއާރުއޭ

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ވެރިން ފުވައްމުލަކު ސިޓީ ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: އެލްއާރުއޭ

ލޭބަ ރިލޭޝަންސް އޮތޯރިޓީ, ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ކެބިނެޓުން ނިންމައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލު "އަދަދު" ނޫހަށް ވިދާޅުވީ ކެބިނެޓުން އެކަން ނިންމީ ބިދޭސީންނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ވެސް ހޯމްލޭންޑް ސެކިއުރިޓިގައި އޮތުމުން ކަމަށެވެ.

"އޭރުން ހިންގުމަށް ފަސޭހަތަކެއް ލިބޭނެތީ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ދަށުގައި ނުބާއްވައި، އެލްއާރުއޭ ހޯމްލޭންޑު ދަށަށް ބަދަލު ކުރަން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.

މި ނިންމުން ރައީސް އޮފީހުން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.

އެލްއާރުއޭއަކީ ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެއްދު އިދާރާ އެކެވެ.

އެލްއާރުއަށް ލިބޭ ބާރުތައް

ވަޒީފާއާބެހޭ ޤާނުނުގެ ދަށުން އެލްއާރުއޭގެ އޮފިސަރުންނަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެއީ،

  • ވަޒީފާދޭ ފަރާތް ދިރިއުޅޭ ގެ ފިޔަވައި، މަސައްކަތްކުރާ ތަނެއްކަމަށް، ވަޒީފާއާބެހޭ އޮފިސަރަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކޮންމެ ތަނަކަށްވެސް، ދުވާލުގެ ވަގުތުގައި ވަދެ އެތަނެއް ބަލައި ފާސްކުރުން.
  • ވަޒީފާ އަދާކުރުމާއި މަސައްކަތްކުރުމާ ގުޅޭގޮތުން ގާނޫނީގޮތުން ބަލަހައްޓަންޖެހޭ ރިކޯޑެއް، ފޮތެއް، ދަފުތަރެއް ނުވަތަ ލިޔުމެއް، އެގޮތުގައި ބަލަހައްޓާތޯ ކަށަވަރުކުރުމަށްޓަކައި އެފަދަ ތަކެތި ހުށަހެޅުމަށް އަންގައި، އެފަދަ ތަކެތީގެ ކޮޕީ ހެދުން، ނުވަތަ އެތަކެތިން ވަޒީފާއާބެހޭ އޮފިސަރުން ބޭނުންވާ މައުލޫމާތު ނެގުން.
  • ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާތަން ބެލުމާއި، އެތަނުގެ މީހުންނާ ސުވާލުކުރުން.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox