ތޯރިގު އިސްތިއުފާ ދެއްވީ އަބްދުއްރަހީމް ކަންކުރެއްވި ގޮތުން!

ރައީސްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު (ޖަނާ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު

ރައީސްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު (ޖަނާ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު

ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މުއާމަލާތް ކުރެއްވި ގޮތާއި ކަންކުރެއްވި ގޮތުން ކަމަށް، އެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެފި އެވެ.

އިސްތިއުފާގެ ވާހަކަ މީޑިއާތަކަށް ތިލަވުމާއެކު ސޯޝަލް މީޑިއާގައި ތޯރިގު ލިޔުއްވީ "އިސްތިއުފާ ދިނީ، މި ވަގުތު އަމިއްލަ ކަންކަން ހުރި ގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން," ކަމަށެވެ.

އެއީ ހަގީގަތެއް ނޫން ކަމާއި، އަސްލު މައްސަލައަކީ އެފްއޭއެމް އަށް، ރައީސްގެ އެޑްވައިޒަރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެންނަން އުޅުން ކަމަށް އެ މައުލޫމާތު އެނގޭ މީހުންގެ ތެރެއިން މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އިސްތިއުފާގެ ހަގީގަތް

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ދުރުކޮށް، އެތަނުގެ ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ފުޓްބޯޅައިގެ ދުނިޔޭގެ މައި އިދާރާ ފީފާއިން ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީގެ އިސް މީހަކަށް ޖަނާ ހަމަޖައްސަން އުޅޭ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އެކަން ފީފާއިން ރަސްމީކޮށް ނާންގަ އެވެ. ނޯމަލައިޒިން ކޮމިޓީ އެކުލަވައިލަނީ ސީދާ ފީފާއިން ކަމަށް ވިޔަސް، އެ ކޮމިޓީގެ އިސް މީހަކު ކަނޑައެޅުމުގައި ސަރުކާރުގެ އިއުތިރާޒެއް އޮތްތޯ ބަލަން އިޝާރާތް ކޮށްލާކަމަށް ފުޓްބޯޅައިގެ ދާއިރާގެ ބައެއް މީހުން ބުންޏެވެ.

"އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ އަށް ޖަނާ އައްޔަން ކުރާތީވެ، ޓޮމްގެ ހިތްހަމަ ނުޖެހިފަ ހުރީ. [މަޖިލީހުގެ ރައީސް] އަބްދުއްރަހީމްއާ ވާހަކަ ދެއްކި، އަދި ރައީސް މުއިއްޒުއާ މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށް ބުނި. ނަމަވެސް ރައީސް މުއިއްޒުއާ ނުގުޅޭ ކަމަށް އަބްދުއްރަހީމް ވިދާޅުވެ ދިގު ދަންމަމުން ގެންދެވީ. އެކަމާ ހިތްހަމަ ނުޖެހިގެން ޓޮމް އިސްތިއުފާ އެ ދިނީ. އެފްއޭއެމްއާ ގުޅޭ ގޮތުން ރައީސްއާއެކު ޓޮމް މަޝްވަރާ ކުރަން ހުރަސް އެޅީ އަބްދުއްރަހީމް،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ތޯރިގުގެ ބަހެއް ނުލިބުނެ އެވެ.

ނަމަވެސް މި މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ތޯރިގު އިސްތިއުފާ ދެއްވިކަން އެނގިވަޑައިގަތުމުން ރައީސް މުއިއްޒު ތޯރިގު އަށް ގުޅުއްވި އެވެ. އަދި އިސްތިއުފާގެ ސިޓީ ނެންގެވުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް، ތޯރިގު އޭނާ ނިންމުން ބަދަލެއް ނުކުރި އެވެ.

"އެއީ އަބްދުއްރަހީމް ކަންކުރެއްވި ގޮތުން،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވިދިވިދިގެން ތިން ވަނަ ދައުރު އަދާ ކުރައްވާ ތޯރިގަކީ، ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތުމުގެ ކުރިން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔެކެވެ. ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބާއި ގައުމީ ޓީމަށް އޭނާ ކުޅުނެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެނައި ޓީމުގައި ތޯރިގު ހިމެނެ އެވެ.

ކުޅިވަރަށް ހާއްސަކޮށް، ފުޓްބޯޅައަށް އޮތް ލޯތްބާއެކު، އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ހޯއްދެވުމަށް ތޯރިގު ދިޔައީ ކެމްޕޭނު ކުރައްވަމުންނެވެ. އޭނާ، 2016 ވަނަ ހަތަރު އެންމެ މަސް ދުވަހުގެ މުއްދަތަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox