މުއިއްޒުގެ މޭޔަރު ކަމުގައި ހިންގި ގަސް ޕްރޮގްރާމަށް 50 މިލިއަން ހަރަދުކުރި، އިންވެންޓަރީ ބަލަހައްޓާފައެއް ނެތް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު ގަސް ވިއްކުމަށް "މާލެ ފެހި" ނަމުގައި ހެދި ފިހާރަ ހުޅުވުމަށް ފަހު އެތަނުގައި ހުރި ގަސްތައް ބައްލަވާ ލައްވަނީ. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު ގަސް ވިއްކުމަށް "މާލެ ފެހި" ނަމުގައި ހެދި ފިހާރަ ހުޅުވުމަށް ފަހު އެތަނުގައި ހުރި ގަސްތައް ބައްލަވާ ލައްވަނީ. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ މޭޔަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ކުރިއަށް ގެންދިޔަ ގަސް ޕްރޮގްރާމަށް 50 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހާކަ ދައްކަވަމުން، އެ ގަސް ޕްރޮގްރާމަކީ އިސްރާފެއް ގޮތުގައި ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ އެ ޕްރޮގްރާމަށް 50 އާއި 60 މިލިއަން ރުފިޔާއާ ދެމެދުގެ ހަރަދެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެވަރުގެ ބޮޑު ހޭދައެއް ކުރިއިރު، ހޯދާފައި ގަހާއި ތަކެތީގެ ސްޓޮކް ރަނގަޅަށް ބަލެހެއްޓިފައި ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އިންވެންޓަރީ ބެލެހެއްޓިފައި ނެތް އެތާނގައެއް. އެއީ ވަރަށް ބޮޑު މައްސަލައެއް،" އާޒިމް ވިދާޅުވި އެވެ.

ގަސް ޕްރޮގްރާމާއި ގަސް ފިހާރައިގެ އިންވެންޓަރީ ނެގުމަށް އަންގާފައިވާ ކަމަށާއި، ހަގީގަތް ފުރިހަމައަށް އެނގިގެންދާނީ އެ އިންވެންޓަރީ އަށް ފަހު ކަމަށް އާޒިމް ވިދާޅުވި އެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެށި ގަސް ޕްރޮގްރާމަށް ގަސް ހޯދުމުގެ ނަމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ރަށްރަށަށް ދަތުރުތައް ކޮށްފައިވާ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ އަދި އޭރު ކައުންސިލް މެންބަރަކަށް ހުންނެވި ބޭފުޅަކު އަދަދު ނޫހަށް ވިދާޅުވި އެވެ.

ގަސް ޕްރޮގްރާމުގެ ދަށުން އޮކްޓޯބަރު 2022 ގައި "މާލެ ފެހި" ނަމުގައި ހެދި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށައިޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ކަމަށާއި، ބޭނުމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހި ކުރުން ކަމަށެވެ.

މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުން ވެސް އެ ޕްރޮގްރާމު ބަލައިގަންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެ ޕްރޮގްރާމުގެ ދަށުން މާލޭ ދެކުނު ފަރާތާއި އިރުމަތި ފަރާތުގައި ކަދުރު ރުއްތައް އިންދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox