ވިޔަރެއާލްގެ ގޯލްކީޕަރު ޖޯގެންސަން ޗެލްސީ އަށް

Jul 27, 2024, 3:32 PM
ވިޔަރެއާލްގެ ގޯލްކީޕަރު ޖޯގެންސަން ޗެލްސީ އަށް

ލަންޑަން (ޖުލައި 27) - ވިޔަރެއާލަށް ކުޅެމުން އަންނަ ގޯލްކީޕަރު، ފިލިޕް ޖޯގެންސަން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ބަދަލުވުމަށް ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ.

ޖޯގެންސަން، 22 ގެ ސޮއިހޯދަން ޗެލްސީން ޖުމްލަ އެކު، 27 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. އަދި ޗެލްސީއާ އެކު، ޖޯގެންސަން، ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ސޮއިކުރަން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، ޗެލްސީގެ މެޑިކަލް ޓެސްޓްތައް އަންނަ ހަފްތާގައި ފުރިހަމަކޮށް، އެއްބަސްވުމުގެ ކަންކަން ނިންމާލާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

ސްވިޑެންގެ މަލްމޯ އާއި ސްޕެއިނުގެ މަޔޯކާ ޔޫތު ޓީމަށް ކުޅެފައިވާ، ޖޯގެންސަން ވަނީ ވިޔަރެއާލަށް ޔޫތު ލެވަލްގައި ބަދަލުވެފަ އެވެ. އެ ގޮތުން، ވިޔަރެއާލްގެ ބީ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅުނު ޖޯގެންސަން ސީނިއާ ޓީމަށް ޕްރޮމޯޓްވެފައިވަނީ، މީގެ ހަތަރު އަހަރު ކުރިންނެވެ. އަދި ފާއިތުވި ސީޒަނުގައި އޭނާ ވަނީ، ވިޔަރެއާލްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޗެލްސީން ވަނީ އާ ކީޕަރެއް ހޯދުމުގެ މަސައްކަތުގައި، އެ ޓީމުގެ ސްޕެއިން ކީޕަރު، ކެޕާ އަރިއްޒަބަލާގާ އާއި ރެއާލް މެޑްރިޑްގެ އަންޑްރީ ލުނިން ބަދަލުކުރަން ވެސް މަޝްވަރާތަކެއްކޮށްފަ އެވެ. އެކަމަކު، ޔޫކްރެއިން ގައުމީ ޓީމުގެ ކީޕަރު ލުނިން އެ ޑީލަށް ނުރުހޭތީ ކުރިއަށްނުދިޔަ އެވެ. އެއާ އެކު، ޗެލްސީން ޖޯގެންސަންގެ ޑީލް އަވަހަށް މި ވަނީ ނިންމައިލައިފަ އެވެ.

ޖޯގެންސަން ޗެލްސީ އަށް ބަދަލުވިޔަސް، ޗެލްސީގައި މި ވަގުތު ހުރި ސްޕެއިންގެ ކީޕަރު، ރޮބަޓް ސަންޗޭޒް އެ ޓީމުގައި މަޑުކުރާނެ އެވެ. ކުރިން ބްރައިޓަން އަށް ކުޅުނު ސަންޗޭޒް، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޗެލްސީގެ އެއް ވަނަ ކީޕަރަށް ވުމަށް މަސައްކަތްކުރަން އެ ޓީމުގައި މަޑުކުރާނެ ކަމަށެެވެ. އެކަމަކު، ސަންޗޭޒަށް އަނިޔާވުމުން މިދިޔަ ސީޒަނުގައި ޗެލްސީގެ ގޯލު ބެލެހެއްޓި ކީޕަރު، ޖޯޖޭ ޕެޓްރޮވިޗް އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

އެންޒޯ މަރެސްކާ، ޗެލްސީގެ ކޯޗަކަށް ހަމަޖައްސައި، ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، މިހާތަނަށް ހަ ޑީލް ނިންމައިފަ އެވެ. އެއީ، ހިލޭ ޓްރާންސްފާއެއްގައި ފުލަމް އިން އައި ޑިފެންޑަރު، ޓޮސިން އަޑެރާބިއޯޔޯ، ބާސެލޯނާ އިން ހަ މިލިއަން ޑޮލަރަށް ގެނައި، މާކް ގުއިއޫ، އެމްއެލްއެސްގެ އެޓްލަންޓާ އިން 10 މިލިއަން ޑޮލަރަށް ގަތް ސެލެބް ވައިލީ، ބަސެލް އިން 14 މިލިއަން ޑޮލަރަށް ގަތް ރެނާޓޯ ވެއިގާ، އެސްޓަން ވިލާ ޔޫތު ޓީމުން 23 މިލިއަން ޑޮލަރަށް ގެނައި އޮމާރީ ކެލީމަން އަދި ލެސްޓާ ސިޓީ އަށް 36 މިިލިއަން ޑޮލަރު ދެއްުކުމަށް ފަހު، ގަތް ކިއެރަން ޑިއުސްބަރީ-ހޯލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox