މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންސްޓެކްސް މިނީ 12 ކެމެރާއެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފި އެވެ.
އެ ހަރަކާތުގައި ބައިވެރިވެގެން ގުރުވަތުން ނެގޭ ތިން ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި އިންސްޓެކްސް މިނީ 12 ކެމެރާއެއް ލިބެ އެވެ.
ދިރާގުން ބުނީ އެ ކޮންޓެސްޓް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަގްސަދަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގެ ތެރޭގައި ދިރުވާ އާލާކުރުން ކަމަށާއި ކޮންމެ ފަރާތަކުންވެސް މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ފޮޓޯ ހިއްސާކުރަން ޖެހޭނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި Minivan26# ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހު އެވެ.
މުބާރާތުގެ ތެރެއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސްގެ ތެރެއިން ކޮންމެ ޕްލެޓްފޯމަކުންވެސް އެއް ނަސީބުވެރިއަކު ހޮވިގެންދާނެ އެވެ. އަދި އިނާމެއްގެ ގޮތުގައި ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއްވެސް ލިބިގެންދާނެ އެވެ.
އޭގެއިތުރުން، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޗުއްޓީ ހަފްތާ ބަންދު ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75ރ. އަށް 100 ޖީބީ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.
ދިވެހިރާއްޖޭގަ 59ވަނަ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށް, ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ މިފަދަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، މަޖާ އަދި ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.











