ހިލާލީގޭގެ މަރާމާތަށް 5.5 މިލިއަން ރުފިޔާ ހަރަދުކުރި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު: އެމަނިކުފާނު ބަދަލުވެވަޑައިގަތުމަށް ހިލާލީގެ މަރާމާތު ކުރުމަށް 5.5 މިލިއަން ރުފިޔާ ހަރަދުކުރި - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު: އެމަނިކުފާނު ބަދަލުވެވަޑައިގަތުމަށް ހިލާލީގެ މަރާމާތު ކުރުމަށް 5.5 މިލިއަން ރުފިޔާ ހަރަދުކުރި - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސްގެ ރަސްމީ ގެކޮޅު، ހިލާލީގެއަށް މިހާރުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބަދަލުވެވަޑައިގަންނަވާތީ، އެތަން މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން 5.5 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިކަން ހާމަކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މަރާމާތައް ދިޔަ ނުވަތަ ދާނެ ކަމަށް ލަފާކުރާ ހަރަދު ހޯދަން "އަދަދު" އިން އެ އޮފީހަށް ހުށަހެޅުމުންނެވެ.

މަރާމާތަށް ހިނގި ހަރަދު ހޯދަން މި ނޫހުން ރައީސް އޮފީހުގައި އެދުނީ ޑިސެމްބަރު 17، 2023 ގަ އެވެ. ރައީސް އޮފީހުން އެ އާރުޓީއައިއަށް ޖަވާބު ދިނީ އޭގެ ހަތް މަސް ފަހުން އިއްޔެ އެވެ.

ރައީސް އޮފީހުގެ ޖަވާބުގައި ވަނީ މި އަހަރު ޖެނުއަރީ 1، އިން ފެށިގެން ހިލާލީގޭގެ މަރާމާތަށް ހިނގި ހަރަދުގެ ޖުމްލަ އެވެ. މިކަމަށް މިހާތަނަށް 5،486،248ރ. ހަރަދުވެފައިވާއިރު، ރައީސް އޮފީހުން ބުނީ މި މަސައްކަތް ކުރަމުންދަނީ އެސްޓީއޯއިން ކަމަށެވެ.

ހަރަދުވީ ފައިސާގެ އަދަދާއެކީ ރައީސް އޮފީހުން ވަނީ ވަކި ވަކި ބިލުތަކަށް އެރި އަދަދުތައް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ބިލުތަކުގައި ހަރަދުކުރި ކަންކަމުގައި ތަފުސީލު ހިމަނާފައިވާ ނުވާތީ، ހިލާލީގެއަށް ނައިބު ރައީސް ބަދަލުވެވަޑައިގަންނަވާތީ ކުރީ ކޮން ކަހަލަ މަރާމާތެއް ކަމެއް ސާފެއް ނޫނެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހިލާލީ ގެއަށް ބަދަލުވެވަޑައިގެންނެވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހަތަރު މަސްވި ފަހުން އެޕްރީލް 4، 2024 ގަ އެވެ. އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތުން އެހާ ލަސްވީ، މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން ކަމަށް އޭރު ރައީސް އޮފީހުން މީޑިއާތަކަށް ބުނެފައިވެ އެވެ.

ނައިބު ރައީސްގެ ގެކޮޅުގެ އިތުރުން، ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެއަށް ރައީސް މުއިއްޒު ބަދަލުވެވަޑައިގަންނަވާތީ އެތަން ވެސް މަރާމާތުކުރި އެވެ. މިކަމަށް ހިނގި ހަރަދު ހިއްސާކުރަން ރައީސް އޮފީހުގައި މި ނޫހުން އެދިފައިވީ ނަމަވެސް، މިއަދާ ހަމައަށް އެ މައުލޫމާތު ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox