ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ބްރިޖުން ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ރޭ އެ ސިޔާސަތު އިއުލާނު ކުރައްވަނީ. 24 ގަޑިއިރު ނުވަނީސް ފީ ނެގުމާ ގުޅޭ ވާހަކަ މިހާރު ވަނީ ބަދަލުވެފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ރޭ އެ ސިޔާސަތު އިއުލާނު ކުރައްވަނީ. 24 ގަޑިއިރު ނުވަނީސް ފީ ނެގުމާ ގުޅޭ ވާހަކަ މިހާރު ވަނީ ބަދަލުވެފައި --- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އާ ހިލާފަށް، ސިނަމާލެ ބްރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން އިއުލާނު ކުރީ މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ރޭ އިފުތިތާހު ކުރި "މާލެފަހި" ޕްރޮގުރާމުގެ ތެރެއިންނެވެ. އެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސް އެވެ.

"ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއް ނޫން. ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި," ރައީސް އެކްސްގައި ވިދާޅުވި އެވެ.

އެ ލަފާގައި ފީ ނަގަން ހުށަހެޅުން އަޔަސް ވަކި ކަންކަމެއް ފުރިހަމަ ނުވަނީސް ފީ ނުނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއްވެސް ވަރަކަށް ފީ ނުނަގާނެ ކަމަށް ރައީސް ވިދާޅެއް ނުވެ އެވެ.

"މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ ޢިގުތިސޯދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން," ރައީސް ވިދާޅުވެފައިވެ އެވެ.

"މާލެފަހި" ޕްރޮގްރާމާ ގުޅޭ ކަރުދާސް ރައީސް ޗެއާކުރައްވާ ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެކަމާ ގުޅިގެން ޖޫން 23, ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު ލިބިވަޑައިގެންނެވި ލަފައާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށްގެންދަވަން ނިންމެވީ ރައީސް މުއިއްޒު އެވެ.

"ބްރިޖާއި ހައިވޭ ފަދަ ތަންތަނުން ޓޯލް ފީއެއް ތައާރަފު ކުރުމަކީ ވެސް މި ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ ވަރަށް މުހިންމު މަސައްކަތެއް," ރޭ އެ ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަންގައި ބުނެފައިވެ އެވެ.

ބުރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޯގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރޭގެ ރަސްމިއްޔާތުގައި އިއުލާނު ކުރި އެވެ.

މިދިޔަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް ގާތްވެފައި ވަނިކޮށް، އޯގަސްޓު 29، 2023 ވަނަ ދުވަހު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މި ޕޯސްޓު ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ފީ ނެގުމަށް ނިންމާފައިވާ ވާހަކަ ފެތުރުމާއެކު އެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި ކުރެއްވި ޕޯސްޓު މިހާތަނަށް 369 މީހުން ރީޕޯސްޓުކޮށްފައި ވާއިރު، 45،000 އަށް ވުރެ ގިނަ މީހުން އެ ޕޯސްޓު ކިޔާފައިވެ އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު، ނިންމައި ބޭނުން ކުރަން ފެށި ސިނަމާލެ ބުރިޖުން ފީއެއް ނެގުމުގެ ވާހަތައް އޭރު ވެސް ދެކެވުނެވެ.

ނަމަވެސް ވެރިކަން ބަދަލުވުމުން އެމްޑީޕީގެ ސަރުކާރަށް އެކަން އޭރު ދޫކޮށްލީ އެވެ. އެމްޑީޕީގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ނިންމީ ސިނަމާލެ ބުރިޖުން ދަތުރު ކުރުމަކީ އަސާސީ ކަމެއް ކަމަށް ބަލައި އެތަނުން ފީއެއް ނުނެގުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox