ޑްރޯން ދުއްވި މައްސަލައިގައި ކެނަޑާގެ އޮލިމްޕިކް ކޮމިޓީން މާފަށް އެދިއްޖެ

Jul 24, 2024, 10:40 AM
ޑްރޯން ދުއްވި މައްސަލައިގައި ކެނަޑާގެ އޮލިމްޕިކް ކޮމިޓީން މާފަށް އެދިއްޖެ

ޕެރިސް (ޖުލައި 24) - ނިއު ޒީލެންޑް އަންހެން ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކުރިއަށްދަނިކޮށް، އެ ތަނުގެ މަތިން، ކެނަޑާ ޓީމުގެ އޮފިޝަލަކު ޑްރޯން ދުއްވި މައްސަލައިގައި ކެނަޑާގެ އޮލިމްޕިކް ކޮމިޓީން މާފަށް އެދިއްޖެ އެވެ.

އޮލިމްޕިކްގެ ފުޓްބޯޅަ އިވެންޓް ކުރިން ފަށާއިރު، ކެނަޑާ އާއި ނިއު ޒީލެންޑް ބުރާސްފަތި ދުވަހު ބައްދަލުކުރާނެ އެވެ. މިދިޔަ ހޯމަ ދުވަހު، ސެއިން އެޓިއެންގައި ނިއު ޒީލެންޑުން ޕްރެކްޓިސް ކުރަމުން ދިޔަ ވަގުތެއްގައި ކެނަޑާ އޮފިޝަލަކު ވަނީ މަތިން ޑްރޯން ދުއްވައި، ވީޑިއޯ ކޮށްފަ އެވެ.

ނިއު ޒީލެންޑް ޓީމުން މި މައްސަލަ، ޕޮލިހުންނަށް ރިޕޯޓްކުރުމާ އެކު، ޑްރޯން އެރުވި ފަރާތް، ފުލުހުން ހިފެހެއްޓިއިރު، އެއީ ކެނަޑާ ޓީމު އޮފިޝަލެކެވެ.

ކެނަޑާ އޮލިމްޕިކް ކޮމިޓީން ބުނީ، ފުލުހުން ހިފެހެއްޓި، ކެނަޑާގެ ޓީމު އޮފިޝަލަކީ މި ފަހަރުގެ މުބާރާތަށް އެކްރެޑިޓްކޮށްފައިވާ އޮފިޝަލެއް ނޫން ކަމަށެވެ. އެކަަމަކު، މި ފަދަ ކަމެއް ހިނގުމަކީ ދެރަ ކަމެއް ކަމަށާއި މި ކަމާ ނިއު ޒީލެންޑްގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

ނިއު ޒީލެންޑް އޮލިމްޕިކް ކޮމިޓީން ވަނީ މި މައްސަލަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ އިންޓަގްރިޓީ ޔުނިޓަށް ހުށަހަޅައިފަ އެވެ. އަދި މި މައްސަލައިގައި ކެނަޑާ އިން ފުރިހަމަ އަށް ޖަވާބުދާރީވެ، ކަންތައްތައް ހިނގައިދިޔަ ރިވިއުއެއް ދިނުމަށް ވަނީ އެދިފަ އެވެ.

ކެނަޑާ އަކީ އެންމެ ފަހުން، ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ގެނައި ޓީމެވެ. އެހެންކަމުން، ނިއު ޒީލެންޑުން ވަނީ އެ ފަދަ ޓީމެއް މި ފަދަ ކަމެއް ކުރުމުން، އެކަން ފީފާގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox