އައިސީސީގެ މުހިންމު ކޯހެއް ރާއްޖެ އަށް؛ "ތާރީހީ ކަމެއް!"

Jul 24, 2024, 7:30 AM
އައިސީސީގެ މުހިންމު ކޯހެއް ރާއްޖެ އަށް؛ "ތާރީހީ ކަމެއް!"

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ހިންގާ ލެވެލް 2 ޓިއުޓާ ކޯހެއް މާލޭގައި މިއަދު ފެށިއްޖެ އެވެ.

މިއީ މި ލެވަލްގެ ކޯހެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އާ ގުޅިގެން، އޭޝިއާގެ ކްރިކެޓް ކޯޗުންނަށް ހިނގޭ މި ކޯހުގައި 14 ގައުމަކުން 20 އަށް ވުރެ ގިނަ ކޯޗުން ބައިވެރިވެ އެވެ. މީގެތެރޭގައި، އައިސީސީ ފުލް މެންބަރު ޤައުމު ތަކުގެ ކޯޗުންވެސް ހިމެނެ އެވެ. އައިސީސީ ފުލް މެމްބަރު ގައުމުތަކަކީ، ދުނިޔޭގެ ލެވަލްގެ އެންމެ މަތީ ފަންތީގެ ކްރިކެޓް ގައުމުތަކެވެ.

މި މަހުގެ 24 ން 30 އަށް ކުރިއަށް ގެންދާ މި ކޯހުގެ ފަހު ދެ ދުވަސް ހާއްސަ ކުރެވިފައިވަނީ، ހައި ޕާފޯމަންސް އަށް ޓީމުތައް ތައްޔާރުކުރުމާ ބެހޭ މައުލޫމާތު ދިނުމަށެވެ.

މި ކޯހުގެ ސެޝަންތައް ކުރިއަށް ދަނީ، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ (ހެންވޭރު ބޯޅަގޭގެ) ސެމިނާ ރޫމްގަ އެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ހިންގާ ލެވެލް 2 ޓިއުޓާ ކޯހުގެ ތެރެއިން،--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އެ ގޮތުން، މި ކޯހުގެ ސެޝަންތައް ނަގައިދެނީ އައިސީސީ އޭޝިއާ ރީޖަންގެ ޑިވެލޮޕްމަންޓް ޓީމުގައި ހިމެނޭ މާސްޓަ އެޑިއުކޭޓަރުން ކަމަށްވާ ބަންގްލަދޭޝްގެ އަމީނުލް އިސްލާމް އާއި، ޕާކިސްތާންގެ އިޤްބާލް ސިކަންދަރު، އަދި ޕާކިސްތާން ގެ ކޯޗު ޓްރެއިނަރު ޝާހިދު އަސްލަމް އެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުޙަންމަދު ފައިސަލް ވިދާޅުވީ، މިއީ ރާއްޖެގެ ކްރިކެޓް ތާރީޙުގައި ފާހަގަ ކޮށްލެވޭ ދުވަހެއް ކަމަށެވެ. އަދި މިއީ، އައިސީސީގެ މި ފެންވަރުގެ ކޯހެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، މިއީ އައިސީސީ އާއި ރާއްޖޭގެ ކްރިކެޓް ބޯޑާ އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

"މި ފަދަ އިތުރު ކޯސްތައް އަދި ކްރިކެޓްގެ ހަރަކާތްތައް ރާއްޖޭގައި ބެއްވުމަށް ހުޅުވިގެންދާ ދޮރެއް ވެސް މެ. މީގެ އިތުރުން، ދިވެހި ކޯޗުންނަށް، ކޯޗިން ގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބިގެން ދިޔަ ފުރުސަތެއް." ފައިސަލް ވިދާޅުވި އެވެ.

އިވެންޓެއްގެ ތެރެއިން ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް ވާހަކަ ދައްަކަވަނީ.--- ފޮޓޯ: އަދަދު

ފައިސަލް ވިދާޅުވީ، ކޯސް ހިންގުމުގައި ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އަދި އެކަމަށްޓަކައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާއި، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއް ރައްޒާޤް އިބްރާހިމް އަށް ވަރަށް ބޮޑަށް ޝުކުރެއް ކްރިކެޓް ބޯޑުން ވަނީ އަދާކޮށްފަ އެވެ.

އައިސީސީ ޑިވެލޮޕްމަންޓް މެނޭޖަރު، (އޭޝިއާ) އަމީނުލް އިސްލާމް ވިދާޅުވީ، ރާއްޖޭގައި އައިސީސީ އިވެންޓެއް ބޭއްވޭތީ ވަރަށް އުފާކުރާ ކަމަށާއި ރާއްޖެ އައިސީސީ މެންބަރަކަށް ވީތާ މިހާރު 25 ހަކަށް އަހަރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ފެސިލިޓީސް ހުރިގޮތުން އައިސިސީގެ މުބާރާތެއް ބޭއްވިފައި ނުވި ނަމަވެސް، މި ފެންވަރުގެ ކޯހެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް އުފާވާ އަދި ތާރީހީ ކަމެއް ކަމަށެވެ.

މީގެ އިތުރުން، އައިސީސީގެ އަމާޒަކީ މުބާރާތްތަކާ، މެޗުތައް ހޯސްޓް ނުކުރެވޭ ޤައުމުތަކުގައި މިފަދަ ކޯސްތަކާއި ސެމިނާތައް ބޭއްވުން ކަމަށް އަމީނުލް އިސްލާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox