"އިންގްލެންޑްގެ ކޯޗުކަމަށް ފޭވަރިޓުންނަށް ވާން ޖެހޭނީ ލަމްޕާޑް އާއި ޖެރާޑް"

Jul 24, 2024, 7:04 AM
"އިންގްލެންޑްގެ ކޯޗުކަމަށް ފޭވަރިޓުންނަށް ވާން ޖެހޭނީ ލަމްޕާޑް އާއި ޖެރާޑް"

ލަންޑަން (ޖުލައި 24) - ހުސްވެފައިވާ އިންގްލެންޑްގެ ކޯޗުގެ މަގާމަށް ފޭވަރިޓުންގެ ގޮތުގައި ބަލަން ޖެހޭނެ ދެ ކޯޗަކީ ކުރީގެ ދެ މިޑްފީލްޑަރު، ސްޓީވެން ޖެރާޑް އާއި ފްރޭންކް ލަމްޕާޑް ކަމަށް އިނގިރޭސި ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން ސްޕެއިން އަތުން އިންގްލެންޑް ބަލިވިއިރު، އިންގްލެންޑް މި ވަނީ ޖެހިޖެހިގެން ދެ ޔޫރޯގެ ފައިނަލުން ބަލިވެފަ އެވެ. މިއާ އެކު، އަށް އަހަރު އިންގްލެންޑް ކޯޗަށް ހުރި ގަރެތު ސައުތުގޭޓް ވަނީ އަމިއްލަ އަށް އިސްތިއުފާދީފަ އެވެ.

ސައުތުގޭޓް، އަމިއްލަ އަށް ޓީމުގެ ކޯޗުކަން ދޫކޮށްލިއިރު، ކޮންޓްރެކްޓް އޮތީ މި އަހަރުގެ ނިޔަލަށެވެ.

އާ ކޯޗެއް ހޯދުމުގެ މަަސައްކަތް އިންގްލެންޑުން ކުރަމުން އަންނައިރު، ގިނަ ނަންތަކެއް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިނގިރޭސި ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ރެޑްނެޕް ބުނީ، އޭނާ އަށް ފެންނަ ދެ ފަރާތެއްގެ ނަން ބުނެފިނަމަ ގިނަ ބަޔަކު އެ ކަމަށް އެއްބަސްވެސްނުވާނެ ކަމަށެވެ. އަދި އެ ދެ ކޯޗުންނަށް އިންގްލެންޑްގެ ވަޒީފާގެ އިންޓަވިއުއެއް ދޭން ވެސް ގިނަ ބަޔަކު ފަސްޖެހޭނެ ކަމަށެވެ.

"އަހަންނަށް ފެންނަ ފެނުމުގައި އިނގިރޭސި އެފްއޭ އިން ބަލަންވީ ޖެރާޑް ނޫނީ ލަމްޕާޑާ އިންގްލެންޑް ހަވާލުކުރަން. އެ އަށް ވުރެ ދުރަށް ބަލާނެ ވެސް ކަމެއް ނެެތް. އަހަންނަށް އެނގޭ ގިނަ ބަޔަކު މި ދެ މީހުން، ލޭބަލް ކޮށްފައި އޮތީ ފެއިލިއަރުންގެ ގޮތުގައި ކަން ކޯޗިން ކެރިއަރުގައި. އެކަމަކު، އަހަންނަށް ފެންނަ ފެނުމުގައި ކޯޗިންގައި ވެސް މި މީހުން ވަނީ ބޭނުންވާ ތަޖުރިބާގެ އަލީގައި ތަފާތު ކަންތައްތަކެއް ހާސިލްކޮށްފައި،" ރެޑްނެޕް ބުންޏެވެ.

އޭނާ ބުނީ ލަމްޕާޑް، ޗެލްސީއާ ހަވާލުވެ، އެ ކްލަބް ޓްރާންސްފާ ބޭން އެއްގައި އޮތްއިރު ރަނގަޅު މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ޖެރާޑް ވަނީ ސްކޮޓްލެންޑްގެ ރޭންޖާސް އެ ގައުމުގެ ފުޓްބޯޅައިގައި ކުރިން އޮތް މަގާމަށް ގެންގޮސްދީފައި ކަމަށެވެ.

ޖެރާޑް މި ވަގުތު ހުރީ ސައުދީ ޕްރޯ ލީގުގެ، އަލް އިއްތިފާގުގެ ކޯޗަކަށެވެ. އަދި ލަމްޕާޑް ވަނީ އެވަޓަން އިން ވަކިކުރި ފަހުން، މީގެ އެއް އަހަރު ކުރިން، ވަގުތީ ކޯޗެއްގެ ގޮތުގަައި ޗެލްސީ އަށް އިރުޝާދުދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox