އަގުހުރި އިނާމުތަކާއެކު އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނުކޮށްފި

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތުގެ ޕްރޮމޯޝަނަލް ފޮޓޯ: މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލްއަކީ 50،000ރ. -- ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތުގެ ޕްރޮމޯޝަނަލް ފޮޓޯ: މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލްއަކީ 50،000ރ. -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތަކަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނުކޮށްފި އެވެ.

އޯގަސްޓް 4، ގައި ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި މަގުބޫލު ތިން ގޭމް ކަމަށްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އާއި ޕަބްޖީ މޮބައިލް ހިމެނެ އެވެ.

މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ އެންމެން އޯގަސްޓް، 2 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އުރީދޫއިން އެދެ އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެ މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވިފައިވާ މުބާރާތެއް ކަމަށެވެ.

"މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަނގަޅު މުބާރާތަކަށް މި މުބާރާތް ވެގެންދާނެ،" އުރީދޫއިން ބުނެ އެވެ.

މުބާރާތްތަކުގައި ކުޅޭ މެޗުތައް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމަށް ދެވެ އެވެ. އަދި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ހުރިހާ ޓީމަކަށް 2 އޮގަސްޓް 2024 ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ އެވެ.

އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ. އެމުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. އެވެ.

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގެ މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެ އެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ އެވެ. އެ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 10،000ރ. އެވެ.

ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެ އެވެ. އެ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. އެވެ.

އުރީދޫއިން އަންނަނީ ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށް ކޮންމެ އަހަރަކު ވެސް ގިނަ މުބާރާތްތައް ރާވައި ހިންގަމުންނެވެ. އަދި އެ ކުންފުނިން އަންނަނީ ގޭމިން ކޮމިއުނިޓީއަށް އެހީތެރިވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox