މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ ފީސިބިލިޓީ ހަދަން ޗައިނާއާއެކު ލެޓާސް އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފި

މާލޭގެ މަގުތައް ތަރައްގީ ކުރާ މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް އެލްއޯއީގައި ސޮއިކުރަނީ: މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ހިލޭ އެހީގައި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ - ފޮޓޯ: ފޮރިން މިނިސްޓްރީ

މާލޭގެ މަގުތައް ތަރައްގީ ކުރާ މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް އެލްއޯއީގައި ސޮއިކުރަނީ: މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ހިލޭ އެހީގައި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ - ފޮޓޯ: ފޮރިން މިނިސްޓްރީ

މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރަން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން ޗައިނާ އެއިޑާއެކު ލެޓާސް އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ސޮއިކޮށްފި އެވެ.

މި އެލްއޯއީގައި ސޮއިކުރީ މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ދިވެހި ސަރުކާރުގެ ތިން ވަޒީރުންގެ ވަފުދުން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ޗައިނާ އެއިޑް) އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެލްއޯއީގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު އެވެ. ޗައިނާ އެއިޑުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ލުއޯ ޖާއޮހުއި އެވެ.

މި އެލްއޯއީ އާއެކު، ފީސިބިލިޓީ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރާނެ ތާރީހެއް އަދި އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ވެސް ސަރުކާރުން ހާމަނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުގެ އިތުރުން، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު އަދި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބު ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ތަރައްގީނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ތަކުރާރުކޮށް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަތައް ހައްލުކުރަން ހިންގާ މަޝްރޫއުގެ އަގު 100 އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް މިނިސްޓަރު މުއްތަލިބު މި އަހަރު ޖެނުއަރީ މަހު ވިދާޅުވި އެވެ.

އޭގެ ފަހުން، އެ މަޝްރޫއު ޗައިނާއިން ހިލޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރުން ކުރި ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފަ އެވެ.

"މި މާލޭގެ ހުރިހާ މަގެއް، ހިލޭ ހަދައިދޭން، ޗައިނާއިން މިހާރު އެއްބަސްވެއްޖެ، ޗައިނާއިން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖެހި ނިމިފައި އެ ވަނީ،" މާޗު 25، ގައި ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވިލިމާލޭގެ މަގުތަށް ތަރައްގީކުރުމަށް ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ސަރުކާރުން ޖެނުއަރީ 4، ގައި ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާވެސް ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތުގެ އަދާހަމައެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox