ޝާރިފް، އިތުރު ދައުރަކަށް ސްވިިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ޝާރިފް.--- ފޮޓޯ: އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ޝާރިފް.--- ފޮޓޯ: އަދަދު

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިތުރު ދައުރަކަށް މުހައްމަދު ޝާރިފް އައްޔަންކުރަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ހިންގާ ކޮމިޓީން ފާސްކޮށްފި އެވެ.

ކުރީގެ ގައުމީ ފެތުންތެރިޔާ، ޝާރިފް އަންނަނީ، 2013 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އުފުއްލަވައި، ދުވަހުން ދުވަހަށް އެސޯސިއޭޝަން ހިންގުމުގެ ޒިންމާ އިސްކޮށް އަދާކުރައްވަމުންނެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު، ސްވިމިން އެސޯސިއޭޝަންގެ ރައީސަކަށް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ހަތަރު ވަނަ ދައުރަކަށް އިންތިހާބުވިއިރު، އަލަށް އިންތިހާބުވި، ހިންގާ ބޯޑުގެ ހަތަރު އަަހަރުގެ ދައުރު ފެށޭނީ މި މަސް ތެރޭގަ އެވެ.

ސްވިމިން އެސޯސިއޭޝަނުން މިއަދު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ސްވިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމުގައި ޝާރިފް ކުރިއަށް އޮތް 4 އަހަރުގެ ދައުރުގައި ބަހައްޓަން އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީން މިއަދު ވަނީ ނިންމާފައިވާ ކަމަށެވެ. އަދި ޝާރިފް ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރަން ނިންމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ކަމަށާއި މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެސޯސިއޭޝަންގެ ރައީސް ސައްތާރު ކަމަށެވެ.

މާސްޓާސް އިން އޮލިމްޕިކް ސްޓަޑީސް، އޮލިމްޕިކް އެޑިއުކޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް ހާސިލްކުރައްވާފައިވާ ޝާރިފް އަކީ، އޭޝިއާ އެކުއަޓިކްސްގެ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މިހާރު ހިނގަމުން އަންނަ ދައުރުގެ ވައިސް ޗެއާމަން އެވެ. އަދި އޭނާ އަކީ 2019 ވަނަ އަހަރުން ފެށިގެން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރެކެވެ.

ވޯލްޑް އެކުއަަޓިކްސްގެ އޯޕަން ވޯޓާ ސްވިމިން އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ، ޝާރިފް ވަނީ މި އަހަރު މިސްރުގައި ކުރިއަށްދިޔަ އޯޕަން ވޯޓާ ސްވިމިން ވޯލްޑް ކަޕްގެ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ގައުމީ ޔޫތު އެވޯޑް 2016 ވަނަ އަހަރު ހާސިލްކުރި، ޝާރިފް ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސްގައި ޓީމް މޯލްޑިވްސް ކޮންޓިންޖެންޓްގެ ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން، ޖެހިޖެހިގެން އެންމެ ގިނަ އަހަރުތަކެއް ވަންދެން، ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އުފުލާފައިވަނީ، ދާދި ފަހުން އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސަކަށް އިންތިހާބުވި، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ) އެވެ. މުންތަގިމް އަންނަނީ ފަސް ވަނަ ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox