ގދ. ވާދޫ އާ އިންޖީނުގެ މަސައްކަތް ހުއްޓި، މަޝްރޫއަށް ހުރި މުދާތައް ގެންދާ ކަމުގެ ޝަކުވާ

ގދ. ވާދޫ އިންޖީނުގެ މަޝްރޫއު ހުއްޓިފައި - ފޮޓޯ: ވާދޫ ކައުންސިލް

ގދ. ވާދޫ އިންޖީނުގެ މަޝްރޫއު ހުއްޓިފައި - ފޮޓޯ: ވާދޫ ކައުންސިލް

ގދ. ވާދޫ އާ އިންޖީނުގެ އަޅަން ކުރީގެ ސަރުކާރުން ފެށި މަޝްރޫއު ހުއްޓި، އެ މަޝްރޫއުގެ މަސައްކަތަށް އެ ރަށަށް ގެންގޮސް ބަހައްޓާފައި ހުރި މުދާތައް މި ސަރުކާރުން އެހެން ރަށްރަށުގެ މަސައްކަތަށް ގެންދާތީވެ، އެ ކަން ކުށްވެރިކޮށް އެ ރަށު ކައުންސިލްގެ ހަތަރު މެންބަރަކު ސޮއިކުރައްވައި ބަޔާނެއް ނެރެފި އެވެ.

ވާދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނާ ގޮތުން މި ސަރުކާރު އައި އިރު އެ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ވަނީ ނިމިފަ އެވެ. އަދި އޭރުގައި ފެނަކައިން މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތަކީ ދެން އިތުރު ހަތަރު މަސް ދުވަހުން ނިންމޭނެ މަޝްރޫއެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް, މި ސަރުކާރުގެ އަށް މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިނގައި، މަޝްރޫއަށް ރަށަށް ގެނެސްފައި ހުރި ގިނަ މުދާތައް ވެސް ރަށުން ގެންގޮސްފައިވާ ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގދ. ވާދޫ އިންޖީނުގެ މަޝްރޫއު ހުއްޓިފައި - ފޮޓޯ: ވާދޫ ކައުންސިލް
ގދ. ވާދޫ އިންޖީނުގެ މަޝްރޫއު ހުއްޓިފައި - ފޮޓޯ: ވާދޫ ކައުންސިލް

ގދ. ވާދޫ އިންޖީނުގެ މަޝްރޫއު ހުއްޓިފައި - ފޮޓޯ: ވާދޫ ކައުންސިލް

ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ "އަދަދު" ނޫހަށް ވިދާޅުވީ ބަޔާނެއް މެދުވެރިކޮށް މުޅި ރާއްޖެއަށް އެ މައުލޫމާތުތައް ހާމަކުރަން ޖެހުނީ މަޝްވަރާ ކޮށްގެން އެއްވެސް ހައްލެއް ނުލިބިގެން ކަމަށެވެ. އަދި ބަޔާނުގައި ވެސް ތުހުމަތުކޮށްފައިވާ ފަދައިން އެ މުދާތައް ގެންދަނީ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންގެ ރަށްރަށަށް ކަމަށް އޭނާ ވެސް ތުހުމަތު ކުރެއްވި އެވެ.

"އެ ބަޔާނަކީ ހަގީގަތުގައި ވެސް އެ ކަން ހިނގާ ގޮތް، މަޝްރޫއު ހިންގާ ސައިޓު ވެސް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވާން ގާތްވެފައި ހުރީ، އަޅުގަނޑުމެން ވާދޫ ރައްޔިތުންގެ ޝަކުވާތައް އެ ބަޔާނުގައި ހުރީ،" ހަސަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox