ޔާމީން ރަޝީދުގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި ފަށައިފި

ބްލޮގަރު ޔާމީން ރަޝީދު

ބްލޮގަރު ޔާމީން ރަޝީދު

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ކުށް ސާބިތުވެ އުމުރަށް ޖަލަށްލި ދެ މީހުންނާއި ކުށް ސާބިތުނުވެ ސަލާމަތްވި ދެ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިތާ ދެ އަހަރު ފަހުން ހައި ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ.

އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި ކަމުގެ ދައުވާ ޖުމްލަ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އޭގެ ތެރެއިން ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ދެން ދައުވާ ލިބުނު މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުރި ދައުވާތައް ސާބިތެއް ނުވެ އެވެ.

Advertisement

މި މީހުންގެ ތެރެއިން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރީ އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ އެވެ. ހައިޝަމާއި ޒިހާންގެ ހުކުމް އިސްތިއުނާފުކުރީ އެ ފަރާތުންނެވެ. ހައި ކޯޓުގައި މިއަދު ޝަރީއަތް ފެށީ ދެ އިސްތިއުނާފުގެ ބައި ވެސް އެއް ޝަރީއަތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.

ހައިޝަމާއި ޒިހާންގެ ވަކީލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރީ ހެކިބަސް ދިން ބައެއް ސިއްރު ހެކިވެރިންގެ ހެކިބަސް އަނބުރާ ގެންދިއުމަށް އެދިފައި ވަނިކޮށް އެ ކަމަށް ރިއާޔަތް ނުކޮށް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ވަކީލުން ފާހަގަ ކުރި ގޮތުގައި ހެކިބަސް ދިން ހެކިވެރިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުއްޓެވެ. ތަހުގީގަށް ދިން ބަޔާނާއި ޝަރީއަތަށް ދިން ހެކިބަހުގައި ތަފާތުތަކެއް ހުރި ކަމަށް ބުންޏެވެ. އަނބުރާ ގެންގޮސްފައިވާ ހެކިބަހަކަށް ވެފައި އަދި ފުށުއެރުންތަކެއް ހުރި ހެކިބަހަކުން ގަސްތު މަރެއް ސާބިތު ނުކުރެވޭނެ ކަން އިސްލާމީ ޝަރީއަތުގައި ވެސް އޮންނަ ކަމަށް ވަކީލުން ބުންޏެވެ.

ޝަރީއަތަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ރަޝީދާއި ދިފްރާންގެ ބައެއް މިއަދު ކުރިއަކަށް ނުގެންދެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަފީއު އެވެ.

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.

ޔާމީން ރަޝީދު މަރާލި ކަމަށް ދަށު ކޯޓުގައި ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ނެގުމުގެ ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހިޖުރީ ދެ މަހު ރޯދަ ހިފުމަށެވެ. މި ގޮތަށް ހުކުމް އިއްވީ ޔާމީންގެ މަންމަ، މަރުގެ އަދަބުގެ ބަދަލުގައި މަރުގެ ދިޔަ ނަގަން އެދުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox