ވިލާ ކޮލެޖުން ހުޅުވާލި، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ (ޔޫއޯސީ)ގެ މާސްޓާސް އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ލައިސަންސްޑް ސައިކޮލޮޖިސްޓްއަކަށް ވުމަށް މަގު ފަހިކޮށްދޭ ދެ އަހަރު ދުވަހުގެ ކޯހެކެވެ.
ކްލިނިކަލް ސައިކޮލޮޖީގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެނީ ބިހޭވިއާ އާއި މާހައުލާ ގުޅިގެން މީހުންނަށް އަންނަ ސައިކޮޕެތޮލޮޖީ ދެނެގަތުމެވެ. ކްލިނިކަލް އިންޓަވިއު، އެސެސްމަންޓް، ކްލިނިކަލް ތިއޮރިޓިކަލް އިންޓަވެންޝަން ހެދުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި ހުރުމުގެ އިތުރުން މި ޕްރޮގްރާމް ނިމޭއިރު، އެކަޑަމިކް އަދި ކްލިނިކަލް ރިސާޗްގެ ދާއިރާއިން ވެސް ތަޖުރިބާ ލިބި، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމުގައި ސީދާ ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.
ވިލާ ކޮލެޖްގެ ސްކޫލް އޮފް ސައިކޮލަޖީގެ ހެޑް ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ، ޔުނިވާސިޓީ އޮފް ސައިބާޖާޔާއިން ކިޔަވާ ދަރިވަރަކާ ވިލާ ކޮލެޖުން މި ޕްރޮގުރާމް ފުރިހަމަ ކުރާ ދަރިވަރަކާ އެއްވެސް ތަފާތު ތަކެއް ނާންނާނެ ކަމަށެވެ.
އެއީ ވިލާ ކޮލެޖުގައި އެ ޕްރޮގްރާމް ހިންގި ކަމުގައިވިޔަސް މި ޕްރޮގްރާމް ގެ ހުރިހާ މުގައްރަރު އަދި ކިޔަވާދިނުމުގެ އެންމެހާ ކަންކަން ބަލަހައްޓަނީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިބަރޖާޔާ (ޔޫއޯސީ) އިން ގެންގުޅޭ އުސޫލްއިން ވެފައި، ކިޔަވައި ދެއްވާނީވެސް އެ ޔުނިވާސުޓީ އިން ކަޑައަޅުއްވާފައިފައިވާ މިންގަޑަށް ފެތޭ މިހާރުވެސް އެ ފަންނުގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުންނެވެ.
"ކިޔަވައި ދެއްވަން ވަޑައިގަންނަވަނީ ޔޫއޯސީގެ ބޭފުޅުންނާއި ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހައްދަވައި، އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރައްވާ އަދި ޔުނިވަރސިޓީތަކުގައި ކިޔަވާ ދެއްވާ ބޭފުޅުން. އެކަޑަމިކް ތަޖުރިބާއާއެކީ ޕްރެކްޓިކަލް ތަޖުރިބާ ވެސް ހުންނަވާނެ ހުރިހާ ބޭފުޅުންގެ،" ޑރ. ނަޝީދާ ވިދާޅުވި އެވެ.
ނަޝީދާ ވިދާޅުވީ، ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ފުރަތަމަ އަހަރު ދާނީ ކުލިނިކަލް ސައިކޮލޮޖީގެ ތެރެއަށް ވަނުމުގެ ސައިކޮލީޖީއާއި ތެރަޕީގެ ހުނަރު ދަސްކުރުމުގައި ކަމަށާއި ކޮންމެ އަހަރަކު ވެސް އަމަލީ ގޮތުން ދަސްކުރުމަށް ހާއްސަ މޮޑިއުލެއް ވެސް ހިމެނޭ ކަމަށެވެ.
"އެވިޑެންސް ބޭސްޑް އަދި ޕްރެކްޓިކަލްއެވިޑެންސްއާއެކީގައި ކިޔަވައިދިނުން ކުރިއަށް ދާނީ. ތެރަޕީދިނުމުގައި އެންމެ ފަހުގެ އުކުޅުތަކަކީ ކޮބާތޯ އަދި އެސެސްމެންޓްތައް ހެދުމުގައި ހުރިހާ ކަމަކަށް ވެސް ބަލާނެ. ކިއެވުމުގެތެރެއިން ތަމްރީނާއި އކު ދަރިވަރުން މުޖްތަމައަށް ނެރެން މަސައްކަތް ކުރަމުން ދާނީ،" ޑރ. ނަޝީދާ ވިދާޅުވި އެވެ.
ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ހޯދުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކޮލޮޖީގެ ހިދުމަތްދޭ އައިސީޕީއާއެކު ވިލާ ކޮލެޖުން ވަނީ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ނަޝީދާ ވިދާޅުވީ، ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ތެރެއިން އިންޓާންޝިޕް އަދި ޕްރެކްޓިކަމް ހެދުމުގެ ފުރުސަތު ވީކެއަރ އަދި ޔޫއޯސީން ވެސް ފަހިކޮށްދީފައިވާ ކަމަށާއި އެ ޔުނިވާސިޓީގައި ކްލިނިކްލް މަސައްކަތް ފުރިހަމަ ކުރަން ބޭނުންވާ ދަރިވަރުންނަށް ވިލާ ކޮލެޖުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ނަފްސާނީ ފަރުވާގެ ވާހަކަ ދިވެހިންގެ ދުލުކުރިއަށް މި ފަހަކަށް އައިސް އާންމުވެފައިވާއިރު އެންމެ ބޮޑު ޝަކުވާއަކީ ސައިކޮލިސްޓަކާ ހަމައަށް ދިއުމަށް އޮންނަ ދިގު ކިޔު އެވެ. ހުރިހާ ހިދުމަތެއް މާލެއަށް ބަރޯސޭވެފައި އޮތް އިރު އެ ހިދުމަތް ވެސް ލިބެން އޮތީ މާލެ ހިމެނޭ ސަރަހައްދުންނެވެ.
ވިލާ ކޮލެޖުން، ކުލިނިކަލް ސައިކޮލޮޖީ ދާއިރާގެ ކޯސްތަކެއް ތަޢާރަފު ކުރި މައިގަނޑު ބޭނުމަކީ ވެސް އެ ހިދުމަތް ރާއްޖެއަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޮލެޖުން ބުނެ އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ކުލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން އަތޮޅު ތެރޭގައި ވެސް މަސައްކަތް ކުރާނެ ތެރަޕިސްޓުން އުފެއްދުން. އޭރުން މުޅި ރާއްޖެއަށް ހިދުމަތް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނީ،" ނަޝީދާ ވިދާޅުވިއެވެ.
ނަޝީދާ ވިދާޅުވީ މާސްޓާސް އޮފް ކުލިނިކަލް ސައިކޮލޮޖީ ކޯސް ފުރިހަމަ ކުރުމަށްފަހު، ސައިކޮލޮޖިސްޓްއަކަށް ވުމަށްޓަކައި ފުރިހަމަކުރުމަށް އެލައިޑް ހެލްތުން ކަނޑައަޅާފައިވާ ގަޑި ހަމަކުރުން ސައިކޮލޮޖިސްޓެއްގެ ލައިސަންސް ލިބޭނެ ކަމަށެވެ.
"އަތޮޅުތެރޭގައި ހިދުމަތް ފަށައި ފުޅާކުރަން އަޅުގަނޑުމެންގެ އެހީތެރިކަން އަބަދުވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބޭނެ،" ނަޝީދާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ކުލިނިކަލް ސައިކޮލޮޖީގެ ޕްރޮރާމުގެ މައިގަނޑު ބޭނުމަކީ ނަފުސާނީ ދުޅަހެޔޮ ކަމަށް އެދިގެން ކިޔުގައި ޖެހިފައި އޮތް ކިޔު ކުރުކޮށްލުމެވެ. އެ ހިދުމަތް ދޭނެ ގާބިލް ތެރަޕިސްޓުން އިތުރުކޮށް މުޅި ރާއްޖެއަށް އެ ޚިދުމަތް ފަތުރާލުމެވެ. ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭނެ ޒިންމާދާރު ބަޔަކު މުޖްތަމައަށް ނެރުމެވެ. ވިލާ ކޮލެޖުން ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ އެއީއެވެ.
މި ޔަގީންކަމާއިއެކު ވިލާ ކޮލެޖުން ދަނީ 2019 އިން ފެށިގެން ބެޗަލާސް އިން ސައިކޮލޮޖީ ޕްރޮގްރާމް އާއި 2024 ގައި މާސްޓަރ އަފް ސައިންސް އިން ކައުންސެލިން ޕްރޮގްރާމް ހިންގަމުންނެވެ. އެ ޕްރޮގްރާމްތަކުގައި ބައިވެރި ވުމުގެ ފުރުސަތު މި ސެޕްޓެމްބަރުގައި އިންޓޭކް އަށް އެޕްލިކޭޝަން ލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައި އެވެ.










