ގަވަރުނަރު ވަކިކުރުމަކީ ހައްލެއް ނޫން، ހަރަދު ކުޑަކުރަން ޖެހޭ: އެމްޑީޕީ މެންބަރުން

ގަވަރުނަރު ވަކިކުރުމަކީ ހައްލެއް ނޫން، ހަރަދު ކުޑަކުރަން ޖެހޭ: އެމްޑީޕީ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަކީ މާލީ ގޮންޖެހުންތަކަށް އޮތް ހައްލެއް ނޫން ކަމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ގޮވާލައްވައިފި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ހިންގުން ސިފަކުރެއްވީ ބަރުލަމާނީ ހަޔާތުގައި ކަޅު ދުވަހެއްގެ ގޮތުގަ އެވެ. ގަވަރުނަރު ވަކިކުރުމުގެ ބަހުސްގައި ހުރިހާ ބޭފުޅުންގެ ވާހަކަތަކުން ވެސް ގަވަރުނަރަކީ ހުރިހާ މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާއެކު އާމްދަނީ އެއްކޮށް ހުއްޓުމުގެ ސަބަބުން ފައިސާ ޗާޕުކުރި ކަމަށާއި އެކަން އެގޮތަށް ކުރަން އެމްޑީޕީގެ ސަރުކާރުން ނިންމީ އެއީ ކޮވިޑުން އަރައިގަންނަން ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރި ކަމަކަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އޮންނަ އުސޫލުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި މަޖިލީހުން ހަދާ ގާނޫނެއްގެ ދަށުގައި ސެންޓްރަލް ބޭންކް ވެސް އޮންނަނީ. މި މަޖިލީހުން ފާސްކޮށްފައި ލާރި ޗާޕު ކުރާށޭ ބުނީމައި ގަވަރުނަރު ޖެހޭނީ އެ ލާރި ޗާޕުކުރަން. އެއީ އެކަން ހިނގައިދިޔަ ގޮތް," ޣަފޫރު ވިދާޅުވި އެވެ.

"ގަވަރުނަރު ވަކިކޮށްގެން މާލީ ދަތިކަމެއް ހައްލެއް ނުވާނެ"

އެ ވާހަކަ ކުރިއަށްގެންދަވަމުން ޣަފޫރު ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިގުތިސޯދު ރަނގަޅަށް އޮތް ނަމަވެސް ހަރަދު ބޮޑުވުމުގެ ސަބަބުން މާލީ ދަތިތަކަމާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ. ނިޒާމީ ނުކުތާއެއްގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވަނީ ޣަފޫރު ދައްކަވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"ބައްލަވާ ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގުތިސޯދު އޮތް ހާލަތު. ރާއްޖެއަށް އާމްދަނީ ވަންނަމުންދިޔަ ވަރު. އެކަން ހިސާބުތަކުން ފެންނަން އޮންނާނެ. އެ ހަގީގަތް އޮޅުވައެއް ނުލެވޭނެ އިއްޒަތްތެރި ރައީސް. ހަރަދު ބޮޑުވަނީ," ގާސިމަށް ރައްދު ދެއްވަމުން ޣަފޫރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ހަރަދު ބޮޑު ނޫން ކަމަށް ދަންނަވަނީ ނޫން ކަމަށާއި މި ސަރުކާރުގައި އެއަށްވުރެ ހަރަދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. މާލީ ދަތިކަމަކީ ރާއްޖޭގެ އިގުތިސޯދު ގޯސްވެގެން, ރާއްޖެއަށް ލިބޭ އާމްދަނީ މަދުވެގެން ހިނގާ ކަމެއް ނޫން ކަމަށް ޣަފޫރު ވިދާޅުވި އެވެ. "ކުރެވޭ ހަރަދު މާ ބޮޑީ."

ރާއްޖޭގެ މާލީ ނިޒާމު ހިނގަމުންދިޔައީ ރަނގަޅަށް ކަމަށާއި ގަވަރުނަރު ބަދަލުކުރުމުން ސަރުކާރަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ޣަފޫރު ފާހަގަކުރެއްވި އެވެ.

"ގަވަރުނަރު ބަދަލުކުރުމުންނެއް ޑޮލަރެއް އަގެއް ހެވެއް ނުވާނެ. ގަވަރުނަރު ބަދަލުކުރުމަކުންނެއް ރައްޔިތުންނަށް އިތުރު ތަނަވަސްކަމެއް ލިބިގެންނެއް ނާންނާނެ. އަޅުގަނޑުމެންނަށް ހިޔާލީ ފޮލާ ކެއްކިދާނެ. އެކަމު އޭގެއެއިން ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ. އިހުލާސްތެރިކަން އޮންނަންވީ," ސަރުކާރުގެ ރިކަރަންޓު ހަރަދުތައް ކުޑަކުރުމަށް ގޮވާލައްވަމުން ޣަފޫރު ވިދާޅުވި އެވެ.

"ސަރުކާރަށް ސަނާ ކީދާނެ, ކިޔާ ސަނާއަކުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ. އަމިއްލަ ބޭނުމުގައި ސަނާ ކިޔައިގެން އެއްޗެހި ހޯދުމުގެ ސަގާފަތެއް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އާލާކުރުމުގެ ވިސްނުން މި ގެންގުޅެނީ."

ސަރުކާރަށް މެނޭޖުކުރަން ނޭނގެނީ: ނާޒިލް

ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބަޖެޓެއް ހަވާލުކުރި ނަމަވެސް އެކަން މެނޭޖުކުރަން ނޭނގުނު ކަމަށް މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ. ގަވަރުނަރު ވަކިކުރަނީ ސަރުކާރަށް ނޭނގޭ ނޭނގުން ފޮރުވުމުގެ ގޮތުގައި ނާޒިލް ސިފަކުރެއްވި އެވެ.

"ދެ ގަވަރުނަރުން ލިޔަސް ނުކުރެވޭނެ. ތިން މީހުން ލިޔަސް ނުކުރެވޭނެ. [މާލިއްޔަތު] ކޮމިޓީގެ ޗެއާ އެ ވިދާޅުވަނީ ކޮވިޑު މެނޭޖުކުރީ ގޯސްކޮށޭ. އެ ބޭފުޅާ ކޮވިޑާ އެކީގައި އެންމެ ފުރަތަމަ ދިވެހި ރައްޔިތުން ވަޒީފާއިން ވަކިކުރަން ފެށީ," ނާޒިލް ވިދާޅުވި އެވެ.

ނިޒާމީ ނުކުތާއެއް ނަންގަވައި ގާސިމް ވަނީ ކޮވިޑު މެނޭޖުކުރީ ގޯސްކޮށް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން ނާޒިލް ވަނީ މި ސަރުކާރަށް މާލީ ހާލަތު މެނޭޖު ކުރަން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒުގެ އަރިހުގައި އިހުލާސްތެރިކަމާ އެކު އެކަން ކޮށްދެއްވާނެ ބޭފުޅުން މިހާރު ނެތް ކަމަށް ނާޒިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox