ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކާލާތު ކުރި ގޮތަށް ހައި ކޯޓުގެ ފަނޑިޔާރުން ފާޑުކިޔައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު، ފޮނަދޫ ކައުންސިލްގެ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގައި ވަކާލާތުކުރަނީ - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްޓްރީމްގެ ސްނެޕްޝޮޓެއް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު، ފޮނަދޫ ކައުންސިލްގެ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގައި ވަކާލާތުކުރަނީ - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްޓްރީމްގެ ސްނެޕްޝޮޓެއް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ އާދަމް މުހައްމަދު ހައި ކޯޓުގައި ވަކާލާތު ކުރި ގޮތާ މެދު ނުރުހުން ފާޅުކުރައްވައި، އެ ޝަރީއަތް ހިންގަވަން ހަވާލުވެ ހުންނެވި ތިން ފަނޑިޔާރުން ވާހަކަ ދައްކަވައިފި އެވެ.

އެއީ ލ. އަތޮޅު ފޮނަދޫ ކައުންސިލާއި އަމިއްލަ ފަރާތަކާ ދެމެދު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުމަކާ ގުޅިގެން އުފެދުނު ހިލާފެއްގެ މައްސަލަ އެވެ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި އާދަމް މުހައްމަދު ތަމްސީލު ކުރެއްވީ ފޮނަދޫ ކައުންސިލެވެ.

ފޮނަދޫ ކައުންސިލްގެ ފަރާތުން ހުށަހަޅާ ގާނޫނީ ނުކުތާތައް އިއްވުމުގައި 40 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަވުމާއެކު، ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ފުރަތަމަ ނުރުހުން ފާޅުކުރެއްވި އެވެ. އަދި ވީހާވެސް ބޮޑަކަށް ވަގުތު ސަލާމަތްވާނެ ގޮތަށް ނުކުތާތައް އިއްވުމަށް އިރުޝާދު ދެއްވި އެވެ.

އޭރު ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު ގެންދެވީ އޭނާގެ އަތުގައި އޮތް ލިޔުމެއް ބައްލަވައިގެން އޭގައިވާ ގޮތަށް ނުކުތާތައް އިއްވަވަމުންނެވެ.

"ހުށަހެޅިފައި ހުރި ނުކުތާތައް، އަކުރުން އަކުރަށް، ބޮޑު ސިންގާ ފޮތެއް ގޮތަށް އޮތް އެއްޗެއް، އަޅުގަނޑަކަށް ހިއެއް ނުވޭ ދެ ދުވަހުން މި ހުށަހަޅާ ނިންމޭނެ ހެނެއް، ތިޔަ ގޮތަކަށެއް، އެންމެ މައްސަލައެއް ނޫން ދޯ އަޅުގަނޑުމެން ވެސް ބަލަން އޮންނާނީ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ގާނޫނީ މާއްދާ ވިދާޅުވެ އެއަށް ހަވާލާދެއްވައި ކުރު ގޮތަކަށް ދެންނެވުމުން ފުދޭނެ ކަމަށެވެ. ގާނޫނީ ނަސްލުތަކާއި އޭގެ ތަފުސީލުތައް މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

"ގާނޫނުން ހަވާލާ ދެއްވާން ބޭނުންވާ މާއްދާ ވިދާޅުވީމައި، އަޅުގަނޑަށް ހީވަނީ، ފަނޑިޔާރުންނަށް ވެސް ދެން އެނގޭނެ ހެން، އެ މާއްދާގައި އޮތް އެއްޗެއް، ތިޔަ ގޮތަށް އަކުރުން އަކުރަށް ގޮތަށް ވިދާޅުވާން ޖެހުނީމަ މިއަދު މި ގަޑި ޖެހުނީ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ވާހަކަތަކާ ގުޅިގެން، ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު ޝަރީއަތުގައި ވިދާޅުވީ ކުޑަ މައްސަލައެއް ނަމަވެސް ގިނަ ލިޔެކިޔުންތަކެއް ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި ޝަރީއަތަށް ހުށަހަޅަނީ ވެސް ދައްކަން ބޭނުންވާ ގާނޫނީ އެތައް ވާހަކައެއްގެ "ކުޑަކުޑަ ހުލާސާއެއް" ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުން، އެކަށީގެންވާ ވަގުތު ދެވިގެން، ރަނގަޅަށް އަޅުގަނޑުމެންނަށް މި ޑެލިވާ ކުރެވޭނީ ވެސް،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

އާދަމް މުހައްމަދު ވާހަކަ މެދުކަނޑައިލެއްވުމަށް ފަހު ފަނޑިޔާރު ނިޔާޒު އަނެއްކާ ވެސް ވާހަކަ ދެއްކެވި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ މައްސަލައަށް ރަނގަޅަށް ތައްޔާރުވެގެން އަންނަ ނަމަ ދެވިފައިވާ ވަގުތުގެ ތެރޭގައި ފަރިތަކޮށް ގާނޫނީ ނުކުތާތައް ހުލާސާކޮށް ކިޔައިދެއްވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެ ވާހަކައާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވަން އާދަމް މުހައްމަދު ބޭނުންފުޅުވި ނަމަވެސް ފަނޑިޔާރުންގެ ބެންޗުން އެ ފުރުސަތެއް ނުދެއްވި އެވެ.

ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ގާނޫނީ ނުކުތާތަކުގެ ތަފުސީލުތައް ލިޔުމުން ހުށަހަޅާފައިވާ ކަމާއި އެ ލިޔުންތައް މަހުޟަރު ވެސް ކުރާނެ ކަމަށެވެ. އަދި ޝަރީއަތުން ގޮތެއް ނިންމެވުމުގައި ފަނޑިޔާރުން އެ ލިޔުމުގައިވާ ހުރިހާ ކަމަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.

އެއަށް ފަހުގައި ވެސް ފަނޑިޔާރުގެ އިރުޝާދާ ގުޅޭ ގޮތުން އާދަމް މުހައްމަދު ވާހަކަ ދައްކަވަން ފެއްޓެވުމުން ރިޔާސަތުން އެ ކަން ހުއްޓުވި އެވެ.

އަދި ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވަނީ ޝަރީއަތުން ދިން އިރުޝާދަކީ އަމަލުނުކުރެވޭނެ އިރުޝާދެއްތޯ އައްސަވައިފަ އެވެ. އެ އިރުޝާދަށް އަމަލުކުރެވޭނެ ކަމަށް އާދަމް މުހައްމަދު ވިދާޅުވުމުން، އިތުރު ފުރުސަތެއް އޭނާއަށް ނުދެއްވައި މިއަދުގެ އަޑުއެހުން ނިންމަވައިލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox