ގަވަރުނަރު ވަކިކުރަން މިއީ ރަނގަޅު ވަގުތެއް ނޫން، ކަންބޮޑުވުން އިތުރުވާނެ: އާތިފް

އެމްއެމްއޭގެ ގަވަރު އަލީ ހާޝިމް އަދި އާތިފް ޝަކޫރު

އެމްއެމްއޭގެ ގަވަރު އަލީ ހާޝިމް އަދި އާތިފް ޝަކޫރު

ގާނޫނީ ސާފު ހުއްޖަތެެއް ނެތި ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަކީ ގޯސްވެފައި އޮތް މާލީ ހާލަތާމެދު ރައްޔަތުންނާއި ބޭރު އިދާރާތަކުގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމަށް، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު މަގާމަށް 2019 ގެ ފަހުކޮޅު އައްޔަން ކުރެއްވި އަލީ ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި، މިއަދުގެ ޖަލްސާގައި އެކަން ފާސްކުރަން ވަނީ އެޖެންޑާކޮށްފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ އެ ނިންމުމާ ގުޅޭ ގޮތުން، މާލީ އަދި އިގުތިސާދީ ދާއިރާ ދިރާސާ ކުރައްވަމުން ގެންދަވާ، މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ދިގު މުއްދަތަކަށް ކުރެއްވި އާތިފް، އޭނާގެ ބްލޮގުގައި ވިދާޅުވެފައި ވަނީ "މިއީ ގަވަރުނަރު ވަކި ކުރުން މުނާސަބު ވަގުތެއް ނޫން" ކަމަށެވެ.

"އޮޅުވާ ނުލައްވައްޗެވެ. ރާއްޖޭގެ ގާނޫނުތަކާއި، އެމްއެމްއޭގެ ގާނޫނާ ކަނޑައެޅިގެން ހިލާފުވެފައި ވާނަމަ، އަޅަން ޖެހިފައިވާ ފިޔަވަޅެއް ނޭޅުއްވުމަކަށް ފަހަރެއްގައިވެސް އެދެނީކީ ނޫނެވެ،" އާތިފް ލިޔުމުގައި ވިދާޅުވެފައިވެ އެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަލީ ހާޝިމަކީ މިހާރު ދުނިޔޭގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް އާތިފް ހަނދާންކޮށް ދެއްވި އެވެ. މާލީ ގޮތުން ރާއްޖެ ދަތި ހާލަތެއްގައި މި އޮތް ދަނޑިވަޅުގައި އެފަދަ ބޭފުޅަކު ވަކިކޮށްގެން ކުރިމަތިވެދާނެ އުނދަގޫތަކެއް ތިލަކޮށް ދެއްވުމަށް ފަހު އާތިފް ވަނީ ޕީޕީއެމް/ޕީއެންސީގެ ނިންމުމާމެދު އިތުރަށް ވިސްނުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ކުރިމަތި ވެފައިވާ މާލީ ދަތި ކަމުގައި، މާދާމާވެސް އަޅުގަނޑުމެން ޖެހޭނީ ދުނިޔޭގެ އިދާރާ ތަކާއި، އެހެން ގައުމުތަކުން އެހީ ހޯދުމަށް މަސައްކަތް ކުރާށެވެ. މިފަދަ އެހީއެއް ދިނުމަށް ވިސްނާއިރު މާލީ އިދާރާތަކުންނާއި ސަރުކާރުތަކުން، އެ ގައުމުތަކުގެ ސެންޓްރަލް ބޭންކުގެ ގަވަރނަރުންގެ ހިޔާލު ނުހޯދައެއް ނުހުންނާނެ އެވެ. އެހެން ކަމުން، އިތުރަށް ވިސްނަންޖެހެ އެވެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ވަޒަންކޮށް، މޫޑީސްގެ ދަރަޖަ ސީސީސީ އަށް ބަދަލުކޮށްފައިވާ މި ދަނޑިވަޅަކީ އިންވެސްޓަރުންގެ ޔަގީންކަން އުފައްދަންވީ ވަގުތު ކަމަށާއި މިއީ ރާއްޖޭގެ ސެންޓްރަލް ބޭންކުގެ ދައުރާ ބެހޭ ގޮތުން ޝައްކު އުފައްދަންވީ ވަގުތެއް ނޫން ކަމަށް އާތިފު ވިދާޅުވި އެވެ.

ނޫސްތަކަށް ތިލަވެފައިވާ ވާހަކަތަކަށް ބަލާއިރު ފާހަގަ ކުރެވެނީ އަލީ ހާޝިމް، ސަރުކާރަށް އެއްބާރުލުން ނުދެއްވުމުގެ ވާހަކަ އާއި ބާޒާރަށް ނުކުންނަ ފައިސާގެ އަދަދު ކޮންޓްރޯލު ކުރުމަށް މަރުކަޒީ ބޭންކުން އަޅާފައިވާ ފިޔަވަޅުތަކާމެދު ހިތްހަމަ ނުޖެހުމުގެ ވާހަކަ ކަމަށް އާތިފު ވިދާޅުވި އެވެ. ނަމަވެސް، ވޯލްޑް ބޭންކު މި އަހަރު ނެރުނު ރިޕޯޓްގައިވެސް ސަރުކާރުގެ ސިޔާސަތުތަކަށް ގަވަރުނަރު އަލީ ހާޝިމް "ހުރަސް" އެޅުމުގެ ވާހަކައެއް ދައްކާފައި ނެތްކަން އާތިފު ފާހަގަ ކުރެއްވި އެވެ.

ޑޮލަރުގެ އަގު އުފުލިފައި ވަނިކޮށް، ބާޒާރަށް އިތުރު ފައިސާ ނެރުމާއި ދެކޮޅަށް ގަވަރުނަރު މަސައްކަތް ކުރެއްވިނަމަ، އެއީ ޑޮލަރުގެ އަގު އިތުރަށް ބޮޑުވިޔަ ނުދިނުމަށް އެޅުއްވި ފިޔަވަޅުތަކެއް ކަމެއް، ނުވަތަ ހަމަ ނޭއްގާނި ކަމުން ކަމެއް ސާފުނުވާ ކަމަށާއި މާލީ ގޮތުން މިފަދަ ނުތަނަވެސް ދުވަސްވަރެއްގައި، އިގުތިސާދީ އުދަރެސް، އިތުރަށް ބަނަވާނޭ ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން، ގާނޫނުގައި މަތިކޮށްފައިވާ ޒިންމާ އާއި ގަވާނިން ބޯޑުގެ ނިންމުންތަކަށް ގަވަރުނަރު އަމަލު ނުކުރީ ކިހިނަކުންކަން ސާފު ކޮށް ބަޔާން ކުރުން މުހިއްމު ކަމަށް އާތިފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox