ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދޭ މައްސަލާގައި ބަހުސް އެއްގަޑިއިރަކަށް ކުރުކޮށްލައިފި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ ވަކިކުރަން ލަފާދޭން މާދަމާ މަޖިލީހުން ގޮތެއް ނިންމާއިރު ބަހުސް ވަނީ ގަޑީރަކަށް ކުރުކޮށްފަ - ފޮޓޯ: އަދަދު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ ވަކިކުރަން ލަފާދޭން މާދަމާ މަޖިލީހުން ގޮތެއް ނިންމާއިރު ބަހުސް ވަނީ ގަޑީރަކަށް ކުރުކޮށްފަ - ފޮޓޯ: އަދަދު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ހިންގާ މައްސަލާގެ ބަހުސް ގެ ވަގުތަކީ އެއް ގަޑިއިރު ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މި މައްސަލާގައި މާދަމާ ބަހުސް ކުރާނީ ހާޝިމް ވަކިކުރަން ލަފާދޭން ކަނޑައަޅައި މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓަށެވެ. މަޖިލީހުގައި މިހާރު އަމަލުކުރާ ގަވައިދުގައިވާ ގޮތުން ކޮމިޓީ ރިޕޯޓަކާމެދު ދެ ގަޑިއިރު ވަންދެން ވެސް ތަޅުމުގައި ބަހުސް ކުރެވޭނެ އެވެ.

އާންމު ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ބަހުސްގެ ވަގުތު އެއްގަޑިއިރަށް ހަދަން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހުރި މަސައްކަތްތަކާއި މި މައްސަލާގައި ގޮތެއް ނިންމުމުގެ މުހިންމުކަމެވެ.

އެ ހުށަހެޅުމަށް ތާއީދުކުރެއްވި އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވިދާޅުވީ ގަޑިއިރަކަށް ބަހުސް ކުރުކޮށްލަން ޖެހެނީ 'ވަގުތު ސަލާމަތް ކުރުމުގެ' ގޮތުން ކަމަށެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ ތާއީދާއެކު އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެއް މެންބަރަކު އިންނެވި އެވެ.

މާލިއްޔަތު ކޮމިޓީގައި ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުالله އެވެ.

ނާޒިމް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާ ކަމަށެވެ.

މައްސަލާގައި ޖަވާބުދާރީވާން ކޮމިޓީއަށް ހާޒިރުވާން ހާޝިމަށް އެންގި ނަމަވެސް އާލާސްކަންފުޅެއްގެ ސަބަބުން ތިން ދުވަހެއްގެ މަތިން އޭނާއަށް މަޖިލީހަށް ހާޒިރުވެވޭގޮތް ނުވި އެވެ. މާލިއްޔަތު ކޮމިޓީން ހާޝިމް ވަކިކުރަން ލަފާދޭން ފެންނަ ކަމަށް ނިންމީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ލިޔުމުން ދިން ޖަވާބެއްގެ މައްޗަށް ބިނާކޮށެވެ.

ނަމަވެސް ލިޔުމުން ދިން ޖަވާބުގައި ހާޝިމް ވަނީ އޭނާގެ މަސްއޫލިއްތުތައް އަދާނުކުރައްވާ ކަމަށް ކުރާ ތުހުމުތުތައް އިންކާރުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އިގުތިސޯދީ ކާރިސާއެއް އައުމުގެ ކުރިން އެ ފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދީ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަން އޭނާ އާއި އެމްއެމްއޭއިން ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox