ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ދެ ދަރިވަރަކު އެނބުރި އަންނަނީ

ބަންގްލަދޭޝްގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ސަރުކާރުގެ އޮފީހެއްގައި ހުޅުޖަހާފައި: އެ ގައުމުގައި ތިބި ދިވެހި ދެ ދަރިވަރަކު އެނބުރި އަންނަން ވަނީ އެދިފަ - ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޝްގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ސަރުކާރުގެ އޮފީހެއްގައި ހުޅުޖަހާފައި: އެ ގައުމުގައި ތިބި ދިވެހި ދެ ދަރިވަރަކު އެނބުރި އަންނަން ވަނީ އެދިފަ - ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ، ކިޔެވުން މެދުކެނޑިފައި ވާތީ އެ ދިވެހި ދެ ދަރިވަރަކު އެނބުރި ރާއްޖެ އަންނަން އެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ބަންގްލަދޭޝްގައި ކޮލެޖު ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، 25 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެ މުޒާހަރާ ކުރަމުންދަނީ 1971 ގެ ހަނގުރާމާގައި ބައިވެރިވި ބަންގްލަދޭޝް ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.

އެ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގައި މިހާރު ދަނީ ކާފިއު ހިންގަމުންނެވެ.

Advertisement

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ދިން އަދާހަމާގައި ބުނީ، އެ ގައުމުގައި ހުންނަ ރާއްޖޭގައި ހައިކޮމިޝަނުން ދަނީ އެ އިދާރާގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، އާއިލާތަކާއި އެކި ކަންކަމުގައި މިވަގުތު ބަންގްލަދޭޝްގައި ތިނި ދިވެހިންނަށް ގުޅާ ހާލު ބަލާ އެހީތެރިކަން ހޯދަމުން ކަމަށެވެ. ޖުމްލަކޮށް ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެއަށް އަންނަން އެދުނު ދެ ދަރިވަރުންނަކީ އެ ގައުމުގެ މެޑިކަލް ސްކޫލުތަކުގައި ކިޔަވަމުން އައި ދެ ދަރިވަރެކެވެ. އެ ދެ ދަރިވަރުން އެނބުރި އަންނަން އެދުނީ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ އުތުރުގެ ސްކޫލުތައް ބަންދުކުރުމުންނެވެ.

"މި ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ،" މިނިސްޓްރީން ދިން މި މައުލޫމާތުން ބެލެވެނީ އެ ދެ ދަރިވަރުން ބަންގްލަދޭޝް ބޯޑަރު ހުރަސްކޮށްފައިވާ ކަމަށެވެ.

މީގެކުރިން ނެރުނު ބަޔާނާ އެއްފަދައިން، ބަންގްލަދޭޝްގައި އިއުލާނުކޮށްފައިވާ ކާފިއުއަށް ބޯލަނބާ، ބޭރަށް ނުނިކުތުމަށާއި ހުރިހާ ކަމެއްގައިވެސް ހައިކޮމިޝަނުގެ އިރުޝާދާއި އެހީ ހޯދަން ފޮރިން މިނިސްޓްރީން ވަނީ އިރުޝާދުދީފަ އެވެ.

ބަންގްލަދޭޝް އަކީ ދިވެހި ގިނަ ދަރިވަރުންނެއް ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ދިރިއުޅެމުންދާ ގައުމެކެވެ. އޭގެ އިތުރުން ވިޔަފާރި ކުރުމަށާއި ޗުއްޓީ ހޭދަކުރުމަށްވެސް ދިވެހިން އެ ގައުމަށް ދަތުރުކުރެ އެވެ.

އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ފޮރިން މިނިސްޓްރީން އެވެ. އެއީ 8801329748885+ ނުވަތަ 8801708120318+ ނަންބަރު ފޯނު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox