މަދު ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާއާމެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ މަދު ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާއާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ މަދު ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާއާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް - ފޮޓޯ: އެމްޑީޕީ

މާލެ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭހެން އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ނުކުތީ މަދު އަދަދެއްގެ ބައެއް ކަމަށާއި އެ އިންތިހާބުގެ ނަތީޖާއާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި ވޯޓު ނެގި ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީއިންނެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަކާއި ކުޅުދުއްފުށީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަކާއި، އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއެއް ހިމެނެ އެވެ.

މި ނަތީޖާއާއެކު ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުން ދަނީ އިދިކޮޅަށް ހަޖޫ ޖަހަމުންނެވެ. ޕީއެންސީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ފައްޔާޒު އަދި ޕާޓީގެ ލީޑަޝިޕަށް ފާޑުކިޔާފަ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެގެ އިންތިހާބުގައި ވާދަކުރި ޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް. ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އިއްޔެގެ އިންތިހާބުގައި މާލެ ސިޓީގެ ދާއިރާތަކުން ވޯޓުލާން ނުކުމެފައިވަނީ އާދަޔާ ހިލާފަށް މަދުންނެވެ. އެގޮތުން އެންމެ ގިނައިން ވޯޓުލާން މީހުން ނުކުތް މައްޗަންގޮޅި މެދު ދާއިރާގެ ވޯޓުލެވޭ އާބާދީއިން އިއްޔެގެ އިންތިހާބުގައި ވޯޓުލީ އެންމެ 22 އިންސައްތަ މީހުންނެވެ.

ކުޅުދުއްފުށިން 60 އިންސައްތަ މީހުން ވޯޓުލާން ނުކުތްއިރު، ބިލެތްދޫގެ 83 އިންސައްތަ މީހުން ވޯޓުލާފައިވެ އެވެ.

މި އިންތިހާބުތަކުން އެމްޑީޕީ ބަލިވިއިރު ފައްޔާޒު ހުންނެވީ، އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެކުލަވަލާ މަގުޗާޓަށް ހިޔާލު ހޯދަން އެ ޕާޓީގެ ލީޑާޝިޕުން އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން އައްޑޫގަ އެވެ. އޭނާ މިހާރު ވަނީ އެ ދަތުރުގައި ހުވަދު އަތޮޅަށް ވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox