ހާއްސަ ހުއްދައަކާ އެކު މާކުއޭޒަށް އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަން

Jul 20, 2024, 1:45 PM
ހާއްސަ ހުއްދައަކާ އެކު މާކުއޭޒަށް އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަން

ހުސްވެފައި އޮތް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް، އިންޑިއާގެ ސުޕަ ލީގުގެ ކްލަބް، އެފްސީ ގޯއާގެ ކޯޗު މަނޯލޯ މާކުއޭޒް ހަަމަޖައްސައިފި އެވެ.

ކުރިން އެސްޕަންޔޯލް ބީ ޓީމާއި ލަސް ޕަލްމާސް އަށް ކޯޗުކޮށްދިން މާކުއޭޒް، 55، އިންޑިއާގެ ކޯޗުކަމާ ހަވާލުވީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ރަސްމީކޮށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން އިން މާކުއޭޒްގެ ކޮންޓްރެކްޓްގެ މުއްދަތެއް އިއުލާނެއް ނުކުރެ އެވެ.

މާކުއޭޒް މި އަހަރުގެ ނިޔަލަށް ގޯއާ އަށް ކޯޗުކޮށްދޭނެ އެވެ. އެއީ އިންޑިއާގެ ޓީމުގެ ކޯޗުގެ ޒިންމާ ވެސް އަދާކުރަމުންނެވެ. މިއީ މި ގޮތަށް އިންޑިއާ އަށް ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެެވ. ފުލްޓައިމްކޮށް އިންޑިއާއާ، މާކުއޭޒް ހަވާލުވާނީ މި އަަހަރު ނިމުމުންނެވެ.

"އަހަރެން ވަރަށް ބޮޑަށް އުފާކުރަން އަހަންނަށް މި ފުރުސަތު ލިބުނީތީވެ، އަދި ގޯއާ ޓީމަށް ހާއްސަ ޝުކުރެއް ހައްގު، އެއީ އަހަރެން އެ ކްލަބްގެ ކޮންޓްރެކްޓެއްގައި ހުރެ ވެސް މި ވަރުގެ ބޮޑު ޒިންމާއަކާ ހަވާލުވާން ފުރުސަތު ދިނީތީވެ،" މާކުއޭޒް ބުންޏެެވެ.

މިދިޔަ ޖޫން މަހު، އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވަނީ ވަކިކޮށްފަ އެވެ. އިންޑިއާގެ ކޯޗަކަށް 2019 ވަނަ އަަހަރުން ފެށިގެން މަސައްކަތްކުރަމުން އައި، ސްޓިމަކް، ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވައި، ވަކިކުރީ ވޯލްޑް ކަޕް ކޮލިފައިންގައި ނަތީޖާތަށް ދަށްވުމުންނެވެ.

މާކުއޭޒާ އިންޑިއާ ކޯޗުކަން ހަވާލުކުރިއިރު، އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، 291 އެޕްލިކޭޝަން ލިބުނެވެ.

މާކުއޭޒް، އިންޑިއާގައި ކޯޗިން މަސައްކަތްކުރަން ފެށީ 2020 ވަނަ އަހަރު އެވެ. ހައިދަރުއާބާދު ޓީމަށް އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން، މާކުއޭޒް ވަނީ މިދިޔަ ދެ ސީޒަނުގައި އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ.

އިންޑިއާ ގައުމީ ޓީމުގައި މި ވަގުތު ތިބި، މަޝްހޫރު ބައެއް ކުޅުންތެރިން ކުޅުމުގެ ކެރިއަރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކޯޗުންގެ ތެރޭގައި، މާކުއޭޒް ހިމެނެ އެވެ. އެ ގޮތުން، ކްލަބް ފުޓްބޯޅައިގައި މާކުއޭޒް ވަނީ، މުހައްމަދު ޔާސިރު، ލިސްޓަން ކޮލާސޯ، އާކާޝް މިޝްރާ، ޗިންގްލޭސަނަ ސިންގް، ނިކިލް ޕުޖާރީ އަދި ޖޭ ގުޕްތާއާ އެކު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox