އެމްޑީޕީގެ މަގުޗާޓަށް ހިޔާލު ހޯދުމުގެ ދަތުރުގައި އައްޑޫ އަދި ފުވައްމުލަކަށް ފަހު ފައްޔާޒު ހުވަދުއަށް

Jul 20, 2024, 12:24 PM
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެމްޑީޕީގެ ކުރިއަށް އޮތް ފަނަރަ ވަރަކަށް އަހަރު ބައްޓަންކުރާނީ މި މަގުޗާޓަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެމްޑީޕީގެ ކުރިއަށް އޮތް ފަނަރަ ވަރަކަށް އަހަރު ބައްޓަންކުރާނީ މި މަގުޗާޓަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެކުލަވަލާ މަގުޗާޓަށް ހިޔާލު ހޯދަން އެ ޕާޓީގެ ލީޑާޝިޕުން އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކުގެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުވަދު އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ފައްޔާޒު ހުވަދު އަތޮޅަށް ވަޑައިގެންނެވީ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީތަކުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި، މަގުޗާޓަށް އެ މީހުންގެ ހިޔާލު ހޯއްދެވުމަށް ފަހުގަ އެވެ.

އައްޑޫ އާއި ފުވައްމުލައް ދަތުރާ ގުޅޭ މައުލޫމާތު "އަދަދު" އަށް ދެއްވަމުން ފައްޔާޒު ވިދާޅުވީ، ދެ ސިޓީގައި ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާ ބައްދަލުކޮށް، ހިޔާލު ބަދަލުކޮށްލެވުނު ކަމަށެވެ.

Advertisement

"އަޅުގަނޑުމެން އެމްޑީޕީގެ ކުރިމަގު ބައްޓަންކުރުމުގައި ހިންގުމުގެ ދާއިރާއާ، އަދި ޕާޓީއަކީ ޒަމާނީ މުއައްސަސާއެއް ގޮތުގައި ހިންގާ ޕާޓީއަކަށް ހެދުމަށް މިކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންނަށް އައްޑޫ އަދި ފުވައްމުލަކުގެ އަޅުގަނޑުމެންގެ މެމްބަރުންނާ މިކަން މަޝްވަރާކޮށް އަދި ވަރަށް ބޮޑު ތަރުހީބެއް މިކަމަށް ވަނީ ލިބިފަ." އޭނާ ވިދާޅުވި އެވެ.

ދެ ސިޓީގައި ކުރެވުނު މަޝްވަރާތަކާ މެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އޭނާއަށް ފެނުނީ އެމްޑީޕީގެ އާ ދައުރެއްގެ މިސްރާބަށް އައްޑޫ އާއި ފުވައްމުލައް ފައްކާވެފައި އޮތް މަންޒަރު ކަމަށެވެ.

އެމްޑީޕީގެ މަގުޗާޓު އެކުލަވާލުމުގެ މަސައްކަތް އިއުލާން ކުރި ދުވަހު ފައްޔާޒު ވިދާޅުވީ މި މަސައްކަތް ފެށީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެނައުމުގެ މަގުސަދުގައި ކަމަށެވެ.

އެގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހާ މިކަން ހިއްސާކުރައްވަމުން އޭނާ ވަނީ، އެ މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު ރަނގަޅަށް ބަޔާންކުރެވިފައިވާ، އޭގެ ތެރެއިން މުސްތަގުބަލުގައި ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް އެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މ މަގުޗާޓަކީ ކުރިއަށް އޮތް ދިހަ، ފަނަރަ ވަރަކަށް އަހަރަށް އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރާނެ މަގުޗާޓު ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ރަށްރަށަށް ގޮސް ހިޔާލު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަނީ މި މަސައްކަތަށް ހާއްސަކޮށް އެ ޕާޓީން އެކުލަވާލާފައިވާ ޓެކްނިކަލް ޓީމަކުންނެވެ. މި ޓީމުން ކުރިއަށް އޮތް ދަުވަސްތަކުގައި ރާއްޖޭގެ އިތުރު ރަށްރަށަށް ގޮސް އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox