އެމްޑީޕީ ހިންގުން ހަރުދަނާ ކުރުމުގެ މަގުޗާޓަށް ހިޔާލު ހޯދަން ލީޑަޝިޕު ދެކުނުގެ އަތޮޅުތަކަށް

އެއާޕޯޓުގައި ހުންނަވައި ފައްޔާޒު އަދަދު ނޫހަށް އިންޓަވިއު ދެއްވަނީ. އެމްޑީޕީގެ ކުރިމަގު ކަނޑައަޅާނީ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެއާޕޯޓުގައި ހުންނަވައި ފައްޔާޒު އަދަދު ނޫހަށް އިންޓަވިއު ދެއްވަނީ. އެމްޑީޕީގެ ކުރިމަގު ކަނޑައަޅާނީ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްޑީޕީގެ ހިންގުން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް ކުރާ މަސައްކަތުގެ ތެރެއިން އައްޑޫ ހުވަދޫ އަދި ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރުމަށް އެ ޕާޓީގެ ލީޑަޝިޕުން މިއަދު ފުރައިފި އެވެ.

ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވައިލަމުންދާ މަގުޗާޓާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދައި އެ މަގު ޗާޓާ އެއްގޮތަށް ކުރިއަށް ދާނެ ގޮތެއް ހޯދުން ކަމަށެވެ.

ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވައިލި ދިރާސާ ކޮމެޓީގެ ރިޕޯޓު ކުރިއަށް އޮތް ހަފުތާއެއްހައި ދުވަސްތެރޭގައި ލިބޭނެކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ މިހާރު ވެސް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު މި ކުރާ މަސައްކަތަކީ އޭގެ [ދިރާސާ ކޮމެޓީ ރިޕޯޓުގެ] ބޭރުން އަޅުގަނޑުމެންނަށް ފާހަގަވެފައި ހުރި ޕާޓީ ހަރުދަނާކޮށް އަޅުގަނޑުމެން ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަން، އޭގެތެރޭގައި ޕާޓީ ހިންގާ ގޮތާއި ޕާޓީގެ ފަންކްޝަނާލިޓީއާއި އަދި ހަމަ އެއާ އެއްކޮށް ޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގަބޫލު ކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އެގޮތުން ފާހަގަކުރެވުނު ކަންކަން ރަސްމީ ކުރާނީ އާންމު މެންބަރުންގެ ހިޔާލު ހޯދައި، އެ މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އާންމު މެންބަރުންގެ މަޝްވަރާގެ މަތިން ރަސްމީ ޕްލޭނެއް އަޅުގަނޑުމެން އެކުލަވައިލައިގެން ކުރިއަށް އޮތް ފަސް އަހަރު 10 އަހަރުގެ އެމްޑީޕީގެ ކުރިމަގުގެ ޗާޓެއް ގޮތަށް މުޅި ޕާޓީން އެންޑޯޒްމެންޓެއް ލިބިގެން އަޅުގަނޑުމެން ކުރިއަށް ދާނީ، ހަމަ އެއާއެކީގައި ދިރާސާ ކޮމެޓީގެ ރިޕޯޓު ލިބުމާ އެއްކޮށް އޭގެން ފާހަގަ ކުރެވިފައި ހުރި ރޯޑް މެޕަށް ލާންޖެހޭ ކަހަލަ ކަންކަން ހުރި ކަމަށްވަންޏާ އަޅުގަނޑުމެން އެ ބައިތައް ރޯޑް މެޕަށް އިންކޯޕަރޭޓު ކުރާނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިހާރު އެންމެ ބޮޑަށް ކުރެވޭ މަސައްކަތަކީ މުއައްސަސާއެއްގެ ގޮތުގައި ޕާޓީ ހިންގުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މިހައިތަނަށް އެ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ އެދުވަހަކަށް ޖެހޭ ކަމެއް އެދުވަހަކު ކުރާ ކަހަލަ ގޮތަކަށް ކަމަށެވެ.

ނަމަވެސް މުއައްސަސާއެއްގެ ގޮތުގައި ޕާޓީ ހިންގަން ފެށުމުން ޕާޓީގެ ލީޑަޝިޕު ބަދަލުވިޔަސް ނުވަތަ ވެރިކަމުގައި އޮތަސް ނުވަތަ ޕާޓީ އިދިކޮޅުގައި އޮންނައިރު ވެސް ޕާޓީގެ ހިންގުން ނުހުއްޓި ކުރިއަށް ދާނެ ގޮތަކަށް ބައްޓަންވެގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އެކަމަށް ބޭނުންވާ ބައިވަރު ކަންތައްތަކެއް އެބަހުރި ކުރަންޖެހޭ، އެކަމަށް ބޭނުންވާ ރިސޯސަސް ހޯދަންޖެހޭ، އެކަމަށް ބޭނުންވާ މީހުން ހޯދަންޖެހޭ، ވިސްނުންތަކެއް ހުންނަންޖެހޭ، އެހެންވީމާ އެކަންތައްތައް މައިގަނޑު ގޮތެއްގައި މި ރޯޑް މެޕުގެ ތެރޭގައި މި ހުންނަނީ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައި ރަސްމީކޮށް މި ރޯޑް މެޕު ލޯންޗު ކުރެވޭތޯ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަޝިޕުން އައްޑޫ ހުވަދޫ އަދި ފުވައްމުލަކަށް ކުރާ ދަތުރުގައި ފައްޔާޒުގެ އިތުރުން ވެސް އެ ޕާޓީގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox