ކުޅިވަރުގެ މައްސަލަތަކަށް ހޯދަަނީ ޖުމްލަ ހައްލެއް: މިނިސްޓަރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން މިނިސްޓަރު ރާފިއު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން މިނިސްޓަރު ރާފިއު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިމެނޭ ގޮތަށް ރާއްޖޭގެ ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރެވޭ މަސައްކަތުގައި ސަރުކާރުގެ ވިސްނުމަކީ އިސްލާހު ކުރެވޭ ކުޅިވަރު ގާނޫނުގެ ތެރެއިން، ޖުމްލަ ހައްލަކަށް ކަމަށް ސްޕޯޓްސް މިނިސްޓަރު ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ، މެމްބަރުންގެ ސުވާލުތަަކަށް މިިނިސްޓަރު ރާފިއު ވަނީ ޖަވާބުދެއްވައިފަ އެވެ.

އެ ގޮތުން، އެފްއޭއެމް ބަނގުރޫޓްވެފައިވާ ހާލަތުގެ ވާހަކަ ހިއްސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ސުޖާއު، ސުވާލުކުރައްވަމުން ދަނިކޮށް، 40 ސިކުންތު ހަމަވުމާ އެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ސުވާލު ކުރަން ދެއްވި މުއްދަތުގައި އެކަން ފުރިހަމަނުވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ މެމްބަރު ސުޖާއުގެ ސުވާލު ފުރިހަމަކުރައްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބަށް މިނިސްޓަރު ރާފިއު ވިދާޅުވީ، ފުޓްބޯޅަ އެއީ ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމުގައި ވެފައި އޮތް އެ މަންޒަރު ދިވެހިންނަށް ދެއްކުމަަކީ އަޒުމު ކަމަށް ވިދާޅުވެފަ އެވެ.

"ފުޓްބޯޅަ ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ވެސް މި ދަނީ ކުރަމުން،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުޓްބޯޅައިގެ އިތުރުން ޖުމްލަ އެކު ހުރިހާ ކުޅިވަރު އެސޯސިއޭޝަންގެ މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެ އެސޯސިއޭޝަންތައް އެފިލިއޭޓްވެފައިވާ މައި އިދާރާތަކުގެ ގަވާއިދުތަކަށް ސްޕޯޓްސް ކޮމިޝަންގެ ގަވާއިދުތަކައި ގާނޫނުތަކަށް ލާ މެހިގެން ފުށުނާރާ ގޮތަށް އެކަން ބައްޓަން ކުރުމަކީ މީގެ ޖުމްލަ ހައްލު ކަމުގައި އަޅުގަނޑު ދެކެނީ. އެކަން އަޅުގަނޑުމެން ކުރަމުން މިދަނީ، އިސްލާހު ކުރަން ހުށަހަޅާ ގާނޫނުގައި ވެސް އަޅުގަނޑުމެން ވާނީ، ކުޅިވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާ ގޮތަށް އެމެންޑްމެންޓް ގެނެސްފައިވާނީ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެފްއޭއެމް އާއި އެހެން އެސޯސިއޭޝަންތައް ވެސް، ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ މަތިން އަދި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް މާ ގިނަ ދުވަސްތަކެއް ނުވެ ފުރިހަމަ ވެގެންދާނެ ކަމަށެެެވެ.

ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް މިނިސްޓްރީން ނިންމާލާފައިވާ ކަމަށާއި އެއީ، ސްޕޯޓްސް އާބިޓްރޭޝަންގެ ކަންކަން ވެސް ހިމެނޭ ގޮަތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި "މިއަދު ނޫނީ މާދަމާ" އެޓާނީ ޖެނެރަލް އޮފީހަށް ކުޅިވަރު ގާނޫނުގެ މި އިސްލާހު ފޮނުވެނޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox