ސިޓީބިޓީ: އޭސީސީގެ ރައީސް ޝާމިލް އަށް

އޭސީސީގެ ރައީސް އާދަމް ޝާމިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް

ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވިލަރެސް ކުރަން އުފައްދާފައިވާ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ވެރިން އިއްޔެ ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުން އަޑުއެހީމެވެ.

މުޅީން ވެސް އަޑުއިވުނީ ދިރާސާ ކޮށްފައިވާ ވާހަކަ އާއި، ކަންކަން ބަލާ ވާހަކަ އާއި ވަސީލަތްތައް މަދު ވާހަކަ އާއި މުވައްޒަފުން މަދު ވާހަކަ އެވެ. އަހަރެންގެ ނަޒަރުގައި މި ރާއްޖޭގައި ވައްކަމާއި ފޭރުމާއި ނުހައްގު މުއްސަނދިކަން ނުހުއްޓުވިގެން މި އުޅެނީ ގާނޫނެއް، ވަސީލަތެއް ނެތިގެން ނޫން ކަމެކެވެ. އެއީ ހުސް ބަހަނާކަން އިއްޔެގެ ބައްދަލުވުމުން ވެސް އެނގުނެވެ. އޭސީސީން މިހާރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަނީ ފެނަކަ ކޯޕަރޭޝަންގެ މައްސަލަތަކެވެ. އެންމެ ގިނަ މައްސަލަތައް އޮތީ އެ ކޯޕަރޭޝަންގައި ކަމަށް އޭސީސީން ބުނެ އެވެ.

އެ ދެއްކި ވާހަކަ ނޮވެމްބަރު 17، 2023 ގެ ކުރިން، އެ މޭރުމުން، އެހާ ސާފުކޮށް، ހަރުއަޑުން ދެއްކި ނަމަ، ފެނަކައިގެ އެތެރޭގައި ހެދި ކަމަށް ތުހުމަތުކުރާ ގޯސްތައް އޮންނާނީ ކޮޅެއްގައި ޖެހިފައި ކަމަށް ގަބޫލުކުރެވެ އެވެ. ކޮޅެއްގައި ނުޖެހޭނަމަ، ޖެއްސުމަށް އޭސީސީގެ ޒިންމާ ފުރިހަމައަށް އަދާކުރިކަން އެނގޭނެ އެވެ.

އެސްއޯއީތަކާ ގުޅޭ 900 އަށް ވުރެ ގިނަ މައްސަލަ ލިބިފައިވާ ވާހަކަ ވިދާޅުވި އެވެ. އެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ބަލަމުންދާ މައްސަލަތަކަކީ، އިއްޔެގެ ވާހަކައިން އެނގުނު ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ އޭރުގެ އެމްޑީއާ ގުޅޭ ހަ މައްސަލަ އެކެވެ. އެއީ ކޮން ބާވަތެއްގެ، އަދި ކިހާ ހެއްކެއް ގަރީނާއެއް ހުރި މައްސަލަތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ. މިއަދު އޭރުގެ އެމްޑީ އެ ހުންނެވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރުގަ އެވެ. ދެން ބުނަންވީ ބަޔާން ނުނެގުނޭ، ހެކި ނުލިބުނޭ، ލިޔެކިޔުން ލިބުން ލަސްވެއްޖޭ، ލިޔެކިޔުމެއް ނެތޭ ތޯ އެވެ.

ޝާމިލް އެވެ. ފެނަކައިގެ މައްސަލަތައް ތަހުގީގު ކުރާއިރު، ވަސީލަތްތައް މަދުކަމުގެ ބަހަނާގައި، މިވެރިކަމުގައި މިހާރު ހިނގަމުންދާ ގޯސްތަކަށް ލޯމަރައި ނުލާށެވެ.

އިއްޔެ ޝާމިލް ވިދާޅުވި އެއް ވާހަކައަކީ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ކޮރަޕްޝަންގެ އަމަލެއް ކުރުމުގެ ކުރިން އެކަން ދެނެގަނެ، ހުއްޓުވުމާއި، މަނާކުރުން އަދި ތަހުގީގުކޮށް ފިޔަވަޅު އެޅުން ކަމަށެވެ. އަދި ކޮރަޝަންގެ އަމަލުތައް ހުއްޓުވަން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރެވޭ ކަމަށް ވެސް ގަބޫލު ކުރައްވަ އެވެ. މިއީ ޝާމިލް އަދި އޭސީސީގެ މެންބަރުން ގަބޫލު ކުރައްވާ ގޮތް ކަމަށް ވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ އެހެން އެންމެން ވެސް ގަބޫލު ކުރަންޖެހޭ ގޮތް ކަމަށް ނުދެކޭށެވެ. އާންމު ރައްޔިތުންނަށް ތިބޭފުޅުންގެ މަސައްކަތް ގަބޫލު ކުރެވޭނީ އަމަލުން އެކަން ފެނިގެންނެވެ. ކެރުން ހުރިކަން ގަބޫލު ކުރެވިގެންނެވެ. ނަތީޖާ ދައްކައިގެންނެވެ.

ވަގުތު ހުރި ގޮތުން ހުރިހާ ވާހަކައެއް ނުލިޔެވިދާނެ އެވެ. މިވަގުތު ހިންގަމުންދާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތު ކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ ނަގުދު ފައިސާ އެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ބަލާއިރު، އެއީ ރިޝަވަތުކަން ބެލުމުގެ ޖާގަ ނެތީތޯ އެވެ. މި މައްސަލަ ތަހުގީގު ނުކުރާ ކަމަށް ތިޔަ ކޮމިޝަނުން ބުނެފައި އޮތް ކަމަށް ނޫހެއްގައި ވެސް އޮތެވެ.

ރައީސް ޑރ. މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކު 50،000ރ ދިނުން އޭސީސީއަށް މައްސަލައަކަށް ނުވަނީ ކީއްވެ ހެއްޔެެވެ. އެ ފައިސާ ދެއްވާނެ ކަމަށް ވިދާޅުވި ވާހަކަ އިވުނު އެތައް ކަންފަތެއް، ﷲ ގަންދީ ހުވާކުރައްވައިގެން އެ ތިއްބެވީ އެވެ. އާޚިރަތަށް ބިރު ގަންނަ ނަމަ އެ މީހުންނަށް އެކަން ދޮގުކުރަން ނުކެރޭނެ އެވެ. އެ މީހުންނާ ހަވާލާދީ އެވާހަކަ ބުނި ކަމާއި ފައިސާ ލިބުނު ކަމަށް ނޫސްތަކުގައި ބުނެފައި އެބަ އޮތެވެ. ނަމަވެސް އޭސީސީއަށް ނުފެންނަނީތޯ އެވެ.

އެއްބަޔަކަށް ވުރެ އަނެއް ބަޔަކު، ދައުލަތް ވީދައި ކެއުމުގައި ލިބިފައިވާ ހުނަރާއި އުކުޅުތައް މޮޅުކަން ދައްކަމުން ދާއިރު، ހުއްޓުވާނެ ކެރުމެއް އަދި ނުފެނެ އެވެ. ހުރި ހިތާމަ ބޮޑެވެ. މި ލިޔުން ކިޔައި ހެޔޮ ވިސްނުމެއް ލިބެ މީހަކު ނަމަ، ވައްކަމާ ދެކޮޅަށް ނޫނެކޭ ބުނާށެވެ. ވައްކަންތައް ފަޅައި އަރުވާށެވެ.

-- އިސްލާއީލް މޫސާ

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox